އައިއޭސީއާ ގުޅިގެން އާބަންކޯއިން ހާލުގައި ޖެހިފައިވާ ގައުމުތަކަށް އެހީތެރިކަން ފޯރުކޮށްދެނީ

ޚަބަރު ފަހުގެ

އިންޓަނޭޝަނަލް އެއިޑް ކްމެޕޭން (އައިއޭސީ) އާ ގުޅިގެން ހާލުގައި ޖެހިފައިވާ ގައުމުތަކާއި ސަރަހައްދުތަކަށް އެހީތެރިވެ ދިނުމަށް އާބަންކޯއިން އެމްއޯޔޫއެއްގައި ސޮއިކޮށްފިއެވެ.

އާބަންކޯއިން ބުނީ އައިއޭސީގެ އިސްނެގުމުގެ މަތިން ސޮއިކުރެވުނު މި އެމްއޯޔޫއަކީ އާބަންކޯގެ ފަރާތުން މުޖުތަމައު ތަކަށް އެހީތެރިކަން ފޯރުކޮށްދީ އެންމެނަށް ރައްކާތެރި އަމާން މާހައުލެއް ގާއިމް ކޮށްދިނުމަށް ކުރާ މަސައްކަތް ތަކުގެ ދަށުން ސޮއިކުރި އެމްއޯޔޫއެއް ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގެ ދަށުން އައިއޭސީގެ މައިގަނޑު ރޯލަކީ އެހީތެރިކަން ބޭނުންވާ ފަރާތްތައް ފާހަގަކޮށް އެތަންތަނަށް ބޭނުންވާ އެހީ އާބަންކޯގެ ފަރާތުން ފޯރުކޮށް ދިނުމަށް އެހީތެރިވުން ކަމަށް އާބަންކޯއިން ބުނެއެވެ. އައިއޭސީއިން ލޯކަލް ލީޑަރުންނާއި ސްޓޭކް ހޯލްޑަރުންނާ ގުޅިގެން މަސައްކަތްކޮށް މި މަސައްކަތް ކުރިއަށް ގެންދިއުމަށް ބޭނުންވާ ހުއްދަތައް ހޯދައި މި މަސައްކަތަށް ފެސިލިޓޭޓް ކޮށްދޭނެ ކަމަށް އާބަންކޯއިން ވަނީ ބުނެފައެވެ.

އާބަންކޯއިން ބުނީ އައިއޭސީއިން އައިޑެންޓިފައި ކުރާ ސަރަހައްދުތަކަށް ބޭނުންވާ އެހީ ފޯރުކޮށްދިނުމަށް ސައިޓް ސްޕެސިފިކް ޕްލޭންތައް ފަރުމާކުރުމާއި، އެ ޕްލޭންތަކަކީ މުޖުތަމައުގެ ބޭނުންތައް އެންމެ އެކަށީގެންވާ ގޮތަކަށް ފުއްދައިދޭނެ ޕްލޭނަކަށް ވާނެ ކަން ޔަގީންކުރުމަށް އާބަންކޯގެ އެކްސްޕާޓީސް ޓީމުން މި އެއްބަސްވުމުގެ ދަށުން މަސައްކަތް ކުރާނެ ކަމަށެވެ. އެގޮތުން ނެއިބާހުޑް މާސްޓާޕްލޭންގެ ކޮންސެޕްޓްތައް ތަރައްގީ ކުރުމުގެ މަސައްކަތް އެ ކޯޕަރޭޝަންގެ ދަށުން ކުރިއަށް ދާނެއެވެ.

މީގެ އިތުރަށް އާބަންކޯގެ ޓީމުން ސައިޓް އެސެސްމަންޓާއި ފީސިބިލިޓީ ސްޓަޑީޒް، އިންފްރާސްޓްރަކްޗާ ޕްލޭނިން، އާކިޓެކްޗަރަލް ޑިޒައިން، ކޮންސްޓްރަކްޝަން މެނޭޖްމަންޓް އަދި ކޮލިޓީ ކޮންޓްރޯލް ފަދަ ކަންކަމުގައި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.

އައިއޭސީ އަކީ ދުނިޔޭގެ އެކި ހިސާބުތަކުއި ހަނގުރާމަވެރި ސަރަހައްދުތަކާއި ހާލުގައި ޖެހިފައިވާ މީހުންނާއި އެހީތެރިކަން ބޭނުންވާ ސަރަހައްދުތައް ފާހަގަކޮށް އެ ފަރާތްތަކަށް ބޭނުންވާ ފަންޑު ހޯދައި އެހީތެރިކަން ފޯރުކޮށްދޭ ދިވެހި ޖަމިއްޔާއެކެވެ. ސީރިޔާ ފަދަ ހަނގުރާމަވެރި ސަރަހައްދުތަކުގައި ހާލުގައި ޖެހިފައިވާ ކުޑަކުދިންނަށް ކާބޯތަކެއްޗާއި ފެން ފޯރުކޮށްދިނުމުގެ އިތުރުން ގެދޮރު ބިނާކޮށްދިނުމާއި އެ ނޫންވެސް ޒަރޫރީ ބޭނުންތައް ފުއްދުމަށް އައިއޭސީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ