އައްޑޫގައި ތޫނު އެއްޗަކުން ހަމަލާދީ ޒުވާނަކު މަރާލައިފި

ޚަބަރު ފަހުގެ

އައްޑޫގައި ޒުވާނަކަށް ތޫނުއެއްޗަކުން ހަމަލާދީ، މަރާލައިފިއެވެ.ފުލުހުން ބުނީ މަރަދޫފޭދޫ ގެއެއްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީފައިވާ ކަމަށް ރިޕޯޓްކޮށްފައިވަނީ ރޭ 11:38 ހާއިރު ކަމަށެވެ.

މަރުވި ޒުވާނާ މަރުވީ ހަމަލާއާއި ގުޅިގެން އައްޑޫ އިކްއެޓޯރިއަލް ހޮސްޕިޓަލްގައި ފަރުވާ ދެމުން ދަނިކޮށް ކަމަށް ހޮސްޕިޓަލުން މައުލޫމާތު ދީފައިވާ ކަމަށްވެސް ފުލުހުން ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މަރުވި ޒުވާނާއަށް ތޫނު އެއްޗަކުން ހަމަލާދިނީ އޭނާގެ ބޭބެ ކަމަށާއި އޭނާ ފިލާފައިވާ ކަމަށް މައުލޫމާތު ލިބިފައިވެ އެވެ.

މަރުވެފައިވަނީ މަރަދޫފޭދޫ، ބްލޫ ސްޓާ ޝުވައިބް (27 އ) އެވެ.

ފުލުހުން އިތުރަށް ބުނީ މައްސަލަ ތަހުގީގުކުރަމުންދާ ކަމަށެވެ. މީހަކު ހައްޔަރުކުރި ކަމަކަށް ނުބުނެ އެެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ