ހަނިމާދޫ ރައްޔިތުން ލައިސަންސް ނަގަން ކުރާ ދަތުރަށް ލުޔެއް

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ރައްޔިތުން ލައިސަންސް ނަގަން ވެއްޖެނަމަ ޖެހެނީ ކަނޑު ހުރަސްކޮށް ކުޅުދުއްފުއްޓަށް ނުވަތަ ދިއްދޫއަށް ދާށެވެ. ނަމަވެސް ހަނިމާދޫ ކައުންސިލްގެ މަސައްކަތުން މިވަނީ އެކަމަށް ބޮޑު ލުޔެއް ހޯދައި ދީފައެވެ.

މިއަދު ހަނިމާދޫ ކައުންސިލުން އާންމުކޮށްފައިވާގޮތުން މިއަދުން ފެށިގެން އެ ކައުންސިލުން އޭ ޒޯން ލައިސަންސް ހިދުމަތް ރައްޔިތުންނަށް ފޯރުކޮށްދޭން ވަނީ ފަށާފައެވެ.

އިޝްތިހާރު
އިޝްތިހާރު

ހިދުމަތް ފެށުމާ ގުޅޭގޮތުން ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވީ މިއީ ހަނިމާދޫ ރައްޔިތުން ކުރަމުންދިޔަ ދިގު އިންތިޒާރެއްގެ ނިމުން ކަމަށެވެ. އަދި ރަށުންބޭރަށް ހަނިމާދޫ ރައްޔިތުން ހިދުމަތް ހޯދުމަށް ކުރަންޖެހޭ ދަތުރުތައް މަދުކުރުން އެއީ ހަނިމާދޫ ކައުންސިލުގެ އަމާޒެއްކަމަށާއި އެކަން ކުރަން މެދު ނުކެޑި މަސައްކަތް ކުރާކަމަށެވެ.

“ލައްގާ ހުރަޔަށް ލައްގަނީ މި ކައުންސިލުގެވެސް ހިއްވަރު ހުރީމަ، ހަމައެކަނި ސަރުކާރުގެ މަސައްކަތަކުން ނޫން، ސަރުކާރަށް އެއްބާރުލުން ދީގެން ކުރިއަށްދާތީ ކަންކަން ފަހިވަނި، މަޖިލީހުގަ ހަނިމާދޫއަށޭ ހުރިހާކަމެއްވަނީ ކިޔާ އަޑު އުފުލާއިރު ހަގީގަތް ބަލާލުން ރަނގަޅު” ނައިބުރައީސް ފިރާގް

މިވަގުތު ހަމަ އެކަނި ސައިކަލް ޕްރެޓިކަލް ހެދުނު ކަމުގައު ވީނަމަވެސް ލައިސަންސް އާކުރުމާއި ބޭނުންވާ ފަރާތްތަކަށް ކާޑު ޕްރިންޓް ކުރުމުގެ ހިދުމަތް ލިބޭނެކަމަށް ނައިބުރައީސް ފިރާގް ވިދާޅުވިއެވެ.

” ޑްރައިވިންގ ޓްރެކް މަސައްކަތް ވަރަށް އަވަހަށް ބަޔަކާ ހަވާލު ކުރެވޭނެ، އޭރުން ހުރިހާ ކެޓަގަރީއެއްގެ ލައިސަންސް ނެގިގެން ދާނެ” ނައިބު ރައީސް ފިރާގް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ