އޮފިސަރުންގެ މައުލޫމާތާއި ފޮޓޯ އާއްމުކުރާނަމަ ފިޔަވަޅު އަޅާނަން: ކަރެކްޝަން

ޚަބަރު ފަހުގެ

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)ގެ އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތާއި، ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކުރާ ފަރާތްތަކާމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމަށް އެސަރވިސްއިން ބުނެފިއެވެ.

އެމްސީއެސްއިން ބުނީ ފަހަކަށް އައިސް އެސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ މައުލޫމާތާއި ފޮޓޯ ސޯޝަލް މީޑިއާގައި އާއްމުކޮށް ސައްހަނޫން ތުހުމަތުތަކާއެކު ބަދުނާމްކުރާ ފަދަ އިބާރާތް ބޭނުންކޮށް، ބިރު ދައްކައި އިންޒާރު ދެމުންދާކަން ފާހަގަކުރެވިފައިވާ ކަމަށެވެ. ސައްހަ ނޫން މިފަދަ މައުލޫމާތު ފެތުރުމުގެ ސަބަބުން، އެސަރވިސްގެ އޮފިސަރުންނާއި މުވައްޒަފުންގެ ގާނޫނީ މަސްއޫލިއްޔަތާއި ވާޖިބުތައް އަދާކުރުމުގެ ގޮތުން ކުރާ މަސައްކަތްތަކާ މެދު އާއްމުންގެ މެދުގައި ނަފްރަތު އުފެދޭ ކަމަށް އެމްސީއެސްއިން ބުނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މީގެ ސަބަބުން އޮފިސަރުންނަށާއި، މުވައްޒަފުންނަށް ނުރައްކާތެރިކަން އިހްސާސްކުރެވޭ ކަމަށް އެމްސީއެސްއިން ބުނެއެވެ.

މިމައްސަލަ ކުށްވެރިކޮށް އެމްސީއެސްއިން ވަނީ މިފަދަ އަމަލުތައް ނުކުރުމަށާއި، މިފަދަ އަމަލުތައް ތަކުރާރުވަމުންދާނަމަ އެފަރާތްތަކާއިމެދު ގާނޫނީ ފިޔަވަޅު އެޅުމަށް ފަސްނުޖެހޭނެ ކަމުގެ އިންޒާރު ދީފައެވެ. އަދި މިއީ ނުހަނު ކަންބޮޑުވާ މައްސަލައެއް ކަމަށް އެމްސީއެސްއިން ބުނެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ