ޗާގޯސް މައްސަލާގައި ރައީސަށް ދައުވާ ކުރާނަން: ނާޒިމް

ފަހުގެ ސިޔާސީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހަށް ދައުވާ ކުރައްވާނެ ކަމަށް އެމްއެންޕީގެ ރައީސް މުހައްމަދު ނާޒިމް މިރޭ ވިދާޅުވެއްޖެއެވެ.

ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިފައިވާ ކަމަށް ބުނެ މިރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ނާޒިމް ވިދާޅުވީ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެރިކަމުގައި ހުންނެވުމުގެ “މޯރަލް އޮތޯރިޓީ” އެއް މިހާރު ނެތް ކަމަށާއި އިދިކޮޅު ޕާޓީތަކުގެ އިސްވެރިން ދެން ގެއަށް ވަދެވަޑައިގަންނަވާނީ މަސްކަނޑުތައް އަބުރާ ހޯދުމަށް ފަހު ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ނާޒިމް ވިދާޅުވިގޮތުގައި، ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ މައްޗަށް ދައުވާ ކުރައްވަނީ “ކަނޑު ވިއްކާލުމުގެ” ބަދަލުގައި މުޅި ދިވެހި ގައުމަށް ލިބުނު ގެއްލުމާ ހެދި ކަމަށެވެ.

“ބައެއް ފަހަރަށް ރައީސަށް ހީފުޅުވެދާނެ ސަރުކާރެއްގައި ހުންނެވީމާ ތިމަންނަގެ މައްޗަށް ދައުވާއެއް ނުކުރެވޭނެއޭ. އަޅުގަނޑު ދަންނަވަންތޯ، އަޅުގަނޑުމެންނަށް ދައުވާ ވެސް ކުރެވޭނެ. ގާނޫނުއަސާސީގައި އެބަ ބުނޭ އަޅުގަނޑުމެންނަށް ދައުވާ ކުރެވޭނެ ކަމަށް، އެހެންވީމާ އަޅުގަނޑުމެން ރައީސުންޖުމްހޫރިއްޔާގެ މައްޗަށް މި ކަމުގައި [ޗާގޯސް މައްސަލައިގައި] ދައުވާ ކުރާނެ ވާހަކަ ވެސް ދަންނަވަން.” ނާޒިމް ވިދާޅުވި އެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅު އަބުރާ ގެންނެވުމަށް ވެސް އެ މަނިކުފާނު ގޮވާލެއްވިއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ