މާޅެންދޫން ޕޮޒިޓިވްވި ދެމެފިރިއަކު އިތުރު ފަރުވާއަށް ފުނަދޫ ފެސިލިޓީއަށް ގެންގޮސްފި

ޚަބަރު ފަހުގެ

ނ.މާޅެންދޫން ކޯވިޑް-19އަށް ޕޮޒިޓިވްވި ދެމަފިރިއަކު އިތުރު ފަރުވާއަށް ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަށް ގެންގޮސްފިއެވެ.

މި ދެމަފިރިން ށ. ފުނަދުއަށް ގެންގޮސްފައި ވަނީ ރޭގެ ވަގުތެއްގައެވެ. މި ދެމަފިރިން އިތުރުފަރުވާއަށް ފެސިލިޓީއަށް ގެނެސްފައި ވަނީ އަންހެން މީހާއަށް ނޭވާލާން އުުނދަގޫވުމުގެ ސަބަބުންނެވެ. މިހާރު ދެ މީހުންގެ ޙާލުވެސް ރަނގަޅެވެ.

އިޝްތިހާރު
އިޝްތިހާރު

ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީއެވެ. މި ފެސިލިޓީގައި އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު ހުރެއެވެ. މި ފެސިލިޓީގައި މިގެ ކުރިންވެސް ވަނީ 2 މީހަކަށް ފަރުވާ ދީފައެވެ. އެ ދެމީހުންނަށް ފަރުވާދީ ބަލިން ރަނގަޅުވެފައިވާތީ ދެ މީހުންވެސް މިހާރު ވަނީ ދޫކޮށްލާފައެވެ.

މާލޭ ސަރަޙައްދުގެ އިތުރުން ރާއްޖޭގެ މީހުން ދިރިއުޅޭ 25 ރަށަކުންނާއި، 32 ރިސޯޓަކުން ކޯވިޑް-19ގެ އެކްޓިވް ކޭސްތައް ފެނިފައިވެއެވެ. މޮނިޓަރިންގެ ހާލަތުގައި މިވަގުތު އޮތީ ގދ.ހޯނޑެއްދޫ އާއި، ގދ. މަޑަވެލި އަދި ނ.މަނަދޫއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ