ހަނިމާދޫ އަޟްޙާ އީދުގައި ގިނަ ކުޅިވަރުތަކެއް!

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި މިއަހަރުގެ އަޟްޙާ އީދާ ގުޅިގެން ގިނަ ހަރަކާތްތަކެއް ކުރިއަށް ގެންދަން ހަނިމާދޫ ކައުންސިލުން ނިންމާ އެ ކުޅިވަރުތަކަށް ތައްޔާރުވާން ފަށައިފިއެވެ.

މިއަހަރު އަޟްޙާ އީދުގައި ކުރިއަށް ގެންދާ ކުޅިވަރުތަކުގެ ތެރޭގައި ބައިބަލާ، ޓާސްކް ގޭމްސް، ސްޓޭޖް ޝޯވ، ކުޑަކުދިންގެ އިވެންޓް، އީދު ގެނައުން، އަދި މާލި ޕެރޭޑް ހިމެނެއެވެ.

އިޝްތިހާރު
އިޝްތިހާރު

މި ކުޅިވަރުތައް އީދު ދުވަހުން ފެށިގެން ހަފުތާއެއްހާ ދުވަހަށް ދެމިގެން ދާއިރު ކުޅިވަރުތަކުގެތެރެއިން ބައިބަލާ އަދި ޓާސްކް ގޭމްސްއަށް ވަނީ ފައިސާގެ އިނާމުތައް ހުށައަޅާފައެވެ.

އެގޮތުން ބައިބަލާ އަދި ޓާސްކް ގޭމް ޗެމްޕިއަން ޓީމަށް 5000 ރުފިޔާ ދޭއިރު ދެވަނަ ޓީމަށް 2500 ރުފިޔާ އަދި ތިންވަނަ ޓީމަށް 1500 ރުފިޔާގެ ފައިސާ އިމާމެއް ދޭން ވަނީ ނިންމާފައެވެ.

މީގެ އިތުރުން އީދު ކުޅިވަރުތަކުގެތެރޭގައި ހަމައެކަނި ބައިބަލާ ލައިވް ކުރަންވެސް ވަނީ ހަމަޖައްސަވާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ