ޖާހުގެ ހައުސިންގ މަޝްރޫއު ނިންމަން ނޯޓިސް ދީފި

ޚަބަރު ފަހުގެ

ޖާހު އިންވެސްޓްމަންޓުން އިމާރާތް ކުރަމުންދާ ހައުސިންގ މަޝްރޫޢު ނިންމުމަށް ނޯޓިސް ދީފިއެވެ.

އާބަންކޯ އިން މިއަދު ބުނީ ހުޅުމާލޭގައި މެދު ފަންތީގެ ހައުސިން މަޝްރޫއުއެއް ހިންގުމަށް ޖާހު އިންވެސްޓްމަންޓާ ހަވާލުކޮށް، މަސައްކަތް ނުނިމި ގިނަ ދުވަސްތަކެއް ވެފައި ވާތީ، އެ މައްސަލަ އިތުރަށް ބެލުމަށް ފަހު، މަސައްކަތް ނިންމުމަށާއި އާބަންކޯ އަށް ދައްކަން ޖެހޭ ބިމުގެ އަގު ދެއްކުމަށް 30 ދުވަހުގެ ނޯޓިސްއެއް މިހާރު ފޮނުވާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެ ނޯޓިސް ފޮނުވުމުގެ ކުރިން ވެސް، އެކި ފަހަރު މަތިން މަސައްކަތްތައް ނިންމުމަށް ގިނަ ފުރުސަތުތަކެއް ދިން ކަމަށް އާބަންކޯ އިން ބުންޏެވެ.

ޖާހުގެ “ދަ ގާޑަން” އަކީ 2017 ވަނަ އަހަރުން ފެށިގެން މަސައްކަތް ކުރަމުން އަންނަ ތަނެކެވެ. އެ ތަނުން 83 އެޕާޓްމަންޓް ހަދާއިރު ހިމެނެނީ 2+1 އާއި 3 އަދި 3+1 ގެ އެޕާޓްމަންޓްތަކެކެވެ

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ