ބާ ސެންޓަރަލް ޗެލެންޖު 2023 ގައި ބައިވެރިވުމުގެ ފުރަސަތު ހުޅުވައިލައިފި

ކުޅިވަރު ފަހުގެ

ދަރަވަންދޫ އެކުވެރި ޒުވާނުންގެ ފަރާތުން ކުރިޔަށް ގެންދާ ބާ ސެންޓަރަލް ޗެލެންޖު 2023 ގައި ބައިވެރިވުމުގެ ފުރަސަތު ހުޅުވައިލައިފިއެވެ.

އެ ޖަމިއްޔާގެ ފަރާތުން ކޮށްފައިވާ އިއުލާނެއްގައި ބުނީ ބ.އަތޮޅުގެ ކޮންމެ ރަށަކުންވެސް މި މުބާރަތުގައި ބައިވެރިވުމުގެ ފުރުސަތު އޮންނާނެކަމަށެވެ. އަދި ބ.އަތޮޅު ރިސޯޓުތަކަށް ވެސް ބައިވެރިވެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މުބާރަތުގައި ބައިވެރިވުމަށް އެދޭ ފަރާތްތަކުން 2023 އޮގަސްޓް 15 ވަނަ ދުވަހު ކުރިން ފޯމް ހުށައެޅުމަށް އެ ޖަމިއްޔާއިން އެދިފައިވެއެވެ.

ރިސޯޓުތަކުން ބައިވެރިކުރާ ޓީމްތަކުގައި ކުޅެވޭނީ މި އަހަރުގެ އޮގަސްޓް 15 ވަނަ ދުވަހުގެ ނިއަލަށް އެ ރިސޯޓެއްގައި ވަޒީފާ އަދާކުރާތާ 90 ދުވަސްވެފައިވާ މުވައްޒަފުން ހިމެނޭ ޓީމަކަށެވެ. ރަށް ރަށުންނަމަ ބ.އަތޮޅަށް ނިސްބަތްނުވާ 2 ކުޅުންތެރިން ހިމެނިދާނެއެވެ.

މި އަހަރު 16 ޓީމަށް ފުރުސަތުދޭން ނިންމާފައިވާއިރު މި މުބާރާތް މިދިޔަ އަހަރު ވެސް ކުރިއަށް ގެންގޮސްފައިވެއެވެ. އެފަހަރު 12 ޓީމަކުން ވަނީ ވާދަކޮށްފައެވެ. އެގެތެރޭގައި ބ އަތޮޅުގެ ރަށްރަށުން އަދި ރިސޯޓްތަކުންވަނީ ވާދަކޮށްފައެވެ. މި މުބާރަތުގެ އެންމެ ފަހުގެ ޗެންޕިއަން ޓީމަކީ އެމްވީ ޔުނައިޓެޑް އޭދަފުށިއެވެ.

ބާ ސެންޓަރަލް ޗެލެންޖު 2023 ގެ ސްޕޮންސާ ކުރުމުގެ ފުރުސަތު އެކަމަށް ޝައުގުވެރިވާ ފަރާތްތަކަށް ހުޅުވާލާފައިވާކަމަށާއި ޝައުގުވެރި ވާނަމަ 7725775 ނުވަތަ 7686363 ނަންބަރަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުން އެ ޖަމިއްޔާއިން އެދެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ