ހަނިމާދޫގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫގައި ޒަމާނީ ފެންވަރުގެ ކުނި މެނޭޖްކުރާ މަރުކަޒެއް އަޅަން ބަޔަކާ ހަވާލުކޮށްފިއެވެ.

މި މަޝްރޫއު ހަވާލުކޮށްފައިވަނީ ހަނިމާދޫ ބީތްރީ ކޮންސްޓްރަކްޝަންއަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި އެއްބަސްވުމުގައި ސޮއި ކޮށްފައިވަނީ މިކަމަށްޓަކައި ހަނިމާދޫ ކައުންސިލްގައި ބޭއްވުނު ހާއްސަ ރަސްމިއްޔާތެއްގައެވެ.

މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ކައުންސިލް މެންބަރު އަލީ އިބްރާހިމް އެވެ. ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީގެ ފަރާތުން ސޮއިކުރެއްވީ އެ ކޮންޕެނީގެ މެންޑީ އިދުރީސް އަބުދު ﷲ އެވެ.

ހަތަރު މިލިޔަނަށްވުރެ ގިނަ ރުފިޔާ ހަރަދު ކުރާ މި މަޝްރޫއު ނިންމުމަށް ބީތްރީ ކޮންސްޓްރަކްޝަން ކޮމްޕެނީއަށް ދީފައިވަނީ 295 ދުވަހެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ