ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފި

ފަހުގެ ސިޔާސީ

ރައްޔިތުންގެ މަޖިލީހުގެ ކާށިދޫ ދާއިރާގެ މެންބަރު ޢަބްދުﷲ ޖާބިރު، ވެރިކަންކުރާ މައި ޕާޓީ އެމްޑީޕީއާއި ގުޅިވަޑައިގެންފިއެވެ.

ސޯލްޓް ކެފޭގައި ބޭއްވި ހަފްލާއެއްގައި ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގެންނެވި ފޯމާއި ހަވާލުވެވަޑައިގަތީ އެމްޑީޕީގެ އެންމެ އިސް ލީޑަރު، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިހެވެ.

އިޝްތިހާރު
އިޝްތިހާރު

ޖާބިރު އެމްޑީޕީއަށް ސޮއިކުރެއްވުމަށް ބޭއްވި ހަފްލާގައި ވާހަކަފުޅު ދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ވަނީ ޖާބިރު އެޕާޓީއާއި ގުޅިވަޑައިގަތުމަކީ އެ ޕާޓީއަށް ލިބުނު ބޮޑު ކުރިއެރުމެއްގެ ގޮތުގައި ސިފަކުރައްވާފައެވެ.

ރައީސް ވިދާޅުވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމުގައި ޖާބިރުގެ ހިއްސާ ވަރަށް ބޮޑަށް ލިބޭނެކަމަށް އުއްމީދުކުރައްވާކަމަށެވެ.

އެމްޑީޕީއަށް ސޮއިކުރެއްވުމަށްފަހު ވާހަކަފުޅު ދައްކަވަމުން ޖާބިރު ވިދާޅުވީ، އެމްޑީޕީއާއި ގުޅިވަޑައިގަތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް އިތުރު ރިޔާސީ ދައުރަކަށް އިންތިޚާބުކުރެއްވުމަށް ބޭނުންފުޅުވާތީކަމަށެވެ.

ޖާބިރު ވިދާޅުވީ ރައީސް ޞާލިޙަށް އިތުރު ދައުރެއް ކަށަވަރުކޮށްދެއްވުމަށް ގިނަ މަސައްކަތްތަކެއްކުރައްވާނެކަމަށާއި، އެ މަސައްކަތް ކާމިޔާބުވާނެކަމަށެވެ.

ޖާބިރު އެމްޑީޕީއާއި ގުޅިވަޑައިގަތުމުން ރައްޔިތުންގެ މަޖިލީހުގައި އެޕާޓީގެ މެންބަރުންގެ ޢަދަދަކީ 54އެކެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ