ބޭސިކް ޔުނިޓް ލީޑަރސް ޓްރެއިނިން ކޯސް 67 ބައިވެރިން ފުރިހަމަކޮށްފި

ޚަބަރު ފަހުގެ

ރާއްޖޭގައި ސްކައުޓް ލީޑަރސް ތައްޔާރު ކުރުމަށް ސްކައުޓް އެސޯސިއޭޝަނުން ހިންގާ ބޭސިކް ޔުނިޓް ލީޑަރސް ޓްރެއިނިން ކޯސް 67 ބައިވެރިން ފުރިހަމަ ކޮށްފިއެވެ.

މިއީ މިއަހަރު މެއި 18 ވަނަ ދުވަހުފެށި ބޭސިކް ޔުނިޓް ލީޑަރސް ޓްރެއިނީން ކޯހުގައި ހިމެނޭ ބައިވެރިން ތެރެއިން ކޯހުގެ 2 މޮޑިއުލް ފުރިހަމަކޮށް، ރެސިޑެންޝަން ކޭމްޕް ފުރިހަމަ ކުރި ބައިވެރިނެވެ.

އިޝްތިހާރު
އިޝްތިހާރު

67 ބައިވެރިން ތެރޭ ހިމެނެނީ ނޫނު އަތޮޅު ހިމެނޭ ސަރަހައްދުން ބައިވެރިވި ސްކައުޓް ސެކްޝަނުން 18 ބައިވެރިންނާއި ކަބް ސްކައުޓް ސެކްޝަނުން 9 ބައިވެރިންނެވެ. އަދި މާލެ ސަރަހައްދުން މި ކޯހުގައި ބައިވެރިވި ސްކައުޓު ސެކްޝަނު 27 ބައިވެރިނާއި 13 ކަބް ސްކައުޓު ސެކްޝަނުގެ ބައިވެރިންނެވެ.

ނޫން ކޭމްޕް ބޭވީ ނ.ކެނދިކުޅުދޫގައެވެ. މާލެ ސަރަހައްދުގެ ކޭމްޕް ބޭއްވީ ފަރުކޮޅުފުށީގައެވެ. މިއީ މާލެ ސަރަހައްދުގައި ބޭއްވި ދެވަނަ ކޭމްޕެވެ. މީގެކުރިން، ހދ. ހަނިމާދޫގައި ބޭއްވި ރެސިޑެންޝަލް ކޭމްޕްގައި 27 ބައިވެރިން ބައިވެރިވެފައި ވާއިރު، ފަރުކޮޅުފުށީގައި ބޭއްވި ފުރަތަމަ ކޭމްޕްގައި 90 ބައިވެރިން ބައިވެރިވެ ކޯސް ފުރިހަމަ ކޮށްފައި ވެއެވެ.

އެގޮތުން، މިހާތަނަށް ބޭއްވި 4 ރެސިޑެންޝަލް ކޭމްޕްގައި ޖުމްލަ 184 ބައިވެރިން ބައިވެރިވެފައިވާއިރު، އޭގެތެރޭގައި ހިމެނެނީ 57 ކަބް ސްކައުޓް ލީޑަރުންނާއި، 127 ސްކައުޓް ލީޑަރުންނެވެ.

މި ކޯހުގެ ރެސިޑެންޝަލް ކޭމްޕަކީ، ކޯހުގައި ހިމެނޭ އީ-ލާރނިންގ މޮޑިއުލްއާއި، އެސައިންމަޓް މޮޑިއުލް އަދި ޑިސްކަޝަން މޮޑިއުލް ފުރިހަމަ ކުރުމަށްފަހު، ކޯހުގެ ބައިވެރިން އަމަލީގޮތުން ކަންކަން ދަސްކުރުމުގެ މައްޗަށް ބާއްވާ ކޭމްޕެވެ.

އެގޮތުން، ކޯހުގައި ހިމެނޭ ވާރޗުއަލް އޮން ޑިމާންޑް ލާރނިންގ މޮޑިއުލް ކުރިއަށް ގެންގޮސްފައިވަނީ މާޗްމަހުގެ 18 އިން އޭޕްރީލްމަހުގެ 28 ވަނަ ދުވަހުގެ ނިޔަލަށެވެ.

ވާރޗުއަލް ޑިސްކަޝަން ސެޝަންތައް ކުރިއަށް ގެންގޮސްފައިވަނީ އޭޕްރީލް މަހުގެ 29 އިން މެއިމަހުގެ 13 ވަނަ ދުވަހުގެ ނިޔަލަށެވެ.

މި ކޯހުގައި ކިޔަވައިދެއްވީ ސްކައުޓް އެސޯސިއޭޝަންގެ ނޭޝަނަލް ޓްރެއިނިން ޓީމުގެ ޓެރެއިނަރުންނެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ