ހަނިމާދޫ ޓޫރިޒަމް ޒޯންނުން ބިން ކުއްޔަށް ދޫކުރަން ހަނިމާދޫ ކައުންސިލުން އިއުލާން ކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޓޫރިޒަމް ޒޯންނުން ބިން ކުއްޔަށް ދޫކުރަން ހަނިމާދޫ ކައުންސިލުން އިއުލާން ކޮށްފިއެވެ.

ހަނިމާދޫ ކައުންސިލުން މިއަދު ކުރި އިއުލާނުގައި ބުނެފައިވަނީ ހަނިމާދޫ ޓޫރިޒަމް ޒޯނުގައިހުރި ބައެއް ބިންތައް ޓޫރިޒަމް ވިޔަފާރިއަށް ކުއްޔަށް ދޫކުރުމަށް ހުޅުވާލަފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން 10000 (ދިހަހާސް އަކަފޫޓު) 4 ބިން 40 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށާއި، އަދި 5000 (ފަސްހާސް އަކަފޫޓު) 8 ބިން 30 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް އެ ކައުންސިލުން ނިންމާފައި ވާކަމަށްވެސް ބުނެފައިވެއެވެ.

ދިހަ ހާސް އަކަފޫޓުގެ ބިންތަކުގެ މަޢުލޫމާތު ސާފުކުރުން އޮންނާނީ 20 ޖުލައި 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކައުންސިލް އިދާރާގައި ކަމަށާއި، ފަސްހާސް އަކަފޫޓުގެ ބިންތަކުގެ މައުލޫމާތު ސާފު ކުރުން އޮންނާނީ 24 ޖުލައި 2023 ވާ ހޯމަ ދުވަހުގެ 10:30 ގައި އެ ކައުންސިލް އިދާރާގައި ކަމަށްވެސް އިއުލާނުގައި ބުނެފައިވެއެވެ.

މަޢުލޫމާތު ސާފުކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކުގެ ބިޑުތަކާއި، ކަނޑައެޅިފައިވާ ގަޑީގެ ފަހުން ގެންނަ ބިޑުތައް ހުށަހެޅުމުގެ ފުރުޞަތެއް ނުދެވޭނެ ކަމަށްވެސް ބުނެފައިވެއެވެ.

ދިހަ ހާސް އަކަފޫޓުގެ ބިންތަކުގެ ބިޑު ހުޅުވުން 03 އޯގަސްޓް 2023 ވާ ބުރާސްފަތި ދުވަހުގެ 10:30 ގައި ކުރިޔަށް ގެންދާއިރު ފަސްހާސް އަކަފޫޓުގެ ބިންތަކުގެ ބިޑު ހުޅުވުން ކުރިއަށް ގެންދަން ނިންމާފައިވަނީ 06 އޯގަސްޓް 2023 ވާ އާއްދީއްތަ ދުވަހުގެ 10:30 ގައި ހަނިމާދޫ ކައުންސިލް އިދާރާގެ މީޓިންގ ރޫމްގައި ކަމަށްވެސް އިއުލާނުގައި ބުނެފައި ވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ