ނާޒިމްގެ ވެރިކަމެއްގައި ކުޅުދުއްފުށީ އެއަރޕޯޓް އިންޓަނޭޝަނަލް ކުރާނެ

ފަހުގެ ސިޔާސީ

ނާޒިމްގެ ވެރިކަމެއްގައި ކުޅުދުއްފުށީ އެއަރޕޯޓް އިންޓަނޭޝަނަލް ކުރުމާއެކު އިންޓަނޭޝަނަލް އެއަރޕޯޓަކުން ލިބެން ހުންނަ ހުރިހާ ހިދުމަތެއް ގާއިމްކުރާނެކަމަށް މޯލްޑިވްސް ނެޝެނަލް ޕާޓީގެ (އެމްއެންޕީ) ނައިބު ރައީސް ހުސެޢިން އިސްމާޢީލް ބުނެފިއެވެ.

އޭނާ މިފަދައިން ބުނީ ކުޅުދުއްފުށި ސިޓީގައި ރޭ ކުރިއަށް ގެންދިޔަ “އުޖާލާ ޒަމާން” ޖަލްސާގައި ކުޅުދުއްފުށީ ޑިވެލޮޕްމަންޓްއަށް ހުރި ކަންތައް ހިއްސާކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން އެ އެއަރޕޯޓުގައި ލައުންޖްތަކާއި ޝޮޕްތައް، ފެންވަރު ރަނގަޅު އެރައިވަލް ޓާމިނަލާއި ޑިޕާޗާ ޓާމިނަލް ގާއިމުކުރާނެ ކަމަށްވެސް އޭނާ ބުންޏެވެ.

“މޯލްޑިވްސް ނެޝަނަލް ޕާޓީ ރިޔާސީ ކެނޑިޑޭޓް، “އުޖާލާ ޒަމާން” ރިޔާސީ ކެނޑިޑޭޓް އެއަރޕޯޓްތައް އިންޓަނޭޝަނަލް ކުރާނީ އެއާޕޯޓު ބޭރުގައި އަޅުވާ ބޯޑު ބަދަލުކޮށްގެނެއް ނޫން، އެހެންކަމުން އެތަނުގައި ޒަމާނީ ފެންވަރުގެ ލައުންޖްތަކާއި ޝޮޕްތައް ހުންނާނެ، އަދި އިންޓަނޭޝަނަލް ފުލައިޓްތައް އެތަނަށް ގެނައުމަށް އިރާދަކުރެވިއްޔާ މަސައްކަތް ކުރާނަން. އަދި އެކަަން ކާމިޔާބު ކުރާނަން.” އެންއެންޕީ ނައިބު ރައީސް ހުސެޢިން އިސްމާޢީލް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ