ހަނިމާދޫ ކައުންސިލްގެ ރައީސް ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލްގެ ރައީސް އަބުދުލް ސައްތާރު ހަސަން ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގެންފިއެވެ.

ހަނިމާދޫ ކައުންސިލުން މިއަދު ހާމަކޮށްފައިވާގޮތުން މި ދަތުރުފުޅަކީ 15 ދުވަހުގެ މުއްދަތަށް އެމަނިކުފާނު ކުރައްވާ ދަތުރުފުޅެކެވެ. މި ދަތުރުގައި އެ މަނިކުފާނާއެކު އެސިސްޓެންޓް ކައުންސިލް އޮފިސާ ލީޝާ ޢަލީ ޢާމިރު ވެސް ބައިވެރި ވެލައްވައެވެ.

އިޝްތިހާރު
އިޝްތިހާރު

މި ދަތުރުފުޅުގައި ޗައިނާގެ ގިނަ މަންޒިލްތަކަކަށް ހަނިމާދޫ ކައުންސިލްގެ ރައީސް ޒިޔާރަތް ކުރައްވާނެކަމަށް ވެސް ހަނިމާދޫ ބުންޏެވެ.

އަދި ހަނިމާދޫގެ ތަރައްގީއާއި ޓޫރިޒަމް ޕްރޮމޯޓް ކުރުމަށް ކުރެވިދާނެ ކަންތައްތަކާއި ހުރި ފުރުސަތުތަކާއި ބެހޭގޮތުން ޗައިނާގެ ކުންފުނިތަކާއިއެކު މަޝްވަރާކުރައްވާނެ ކަމަށްވެސް ހަނިމާދޫ ކައުންސިލުން ބުންޏެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ