ބޭސްފަރުވާއަށް ރާއްޖެއިން ބޭރަށް ދިއުމަށް އަދީބަށް ހުއްދަ ދީފި

ޚަބަރު ފަހުގެ

ކުރީގެ ނައިބު ރައީސް އަހުމަދު އަދީބު ރާއްޖެ އިން ބޭރަށް ވަޑައިގެން ފަރުވާ ހޯއްދެވުމުގެ ހުއްދަ މޯލްޑިވްސް ކަރެކްޝަނަލް ސާވިސް (އެމްސީސީ) އިން ދީފިއެވެ.

އެގޮތުން މޯލްޑިވްސް ކަރެކްޝަނަލް ސާވިސް އިން ކުރި ޓްވީޓެއްގައި ބުނީ ރާއްޖެއިން ހެދެން ނެތް ޓެސްޓުތަކެއް ހެދުމަށް އަދީބު ރާއްޖެއިން ބޭރަށް ފުރުމުގެ ހުއްދަ މެޑިކަލް ބޯޑުގެ ލަފައާއެކު ދީފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އަދި ރާއްޖެއިން ބޭރުގައި ހުންނަ މުއްދަތުގައި މިސާވިސް އާއި ދިވެހި ފުލުހުންގެ ހިދުމަތް ގުޅިގެން މޮނިޓާ ކުރަމުން ގެންދާނެ ކަމުގައި ދަންނަވަން،” އެމްސީސީގެ ޓްވީޓުގައިވެއެވެ.

ބޭސްފަރުވާއަށް އަދީބު ރާއްޖެއިން ބޭރަށް ވަޑައިގަތުމުގެ ހުއްދައަށް އޭނަގެ އާއިލާ އިން ކަރެކްޝަންސްއަށް އެދިވަޑައިގަތީ މިދިޔަ ހަފުތާގައި އަދީބުގެ ހާލު ސީރިއަސްވެ، އައިޖީއެމްއެޗްގައި އެޑްމިޓްކުރި ފަހުންނެވެ.

އަދީބު ފުރުމަށް ހަމަޖެހިފައިވަނީ މިރޭގެ ވަގުތެއްގައި ކަމަށް މައުލޫމާތު ލިބެ އެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ