ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް އެމްޓީސީސީ އިން ގެންނަ ޑްރެޖަރު ރާއްޖެ އަތުވެއްޖެ

ޚަބަރު ފަހުގެ

ބިން ހިއްކުމުގެ މަޝްރޫއުތައް އަވަސް ކުރުމަށް އެމްޓީސީސީ އިން ގެންނަ ޑްރެޖަރު ރާއްޖެ އަތުވެއްޖެއެވެ.

ބެލްޖިއަމްގެ ކުންފުންފުންޏެއްގެ ޑްރެޖަރެއް ކަމަށްވާ “ފިލީފޯ ބުރޫނެލޭޝީ”ގެ ފުޅާ މިނުގައި 27.5 މީޓަރު، ދިގުމިނުގައި 142.5 މީޓަރު ހުންނައިރު އެ ޑްރެޖަރުގައި 11،300 ކިއުބިކް މީޓަރުގެ ހޮޕަ ކެޕޭސިޓީ ހުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްޓީސީސީގެ ޑްރެޖަރުތަކުގެ ތެރެއިން އެންމެ އަވަސް ޑްރެޖަރު، މަހާ ޖައްރާފުން ހިކޭނީ ތިން ދުވަހުން ހެކްޓަރެކެވެ. ނަމަވެސް މި ގެނައި ޑްރެޖަރުން ދުވާލަކު ހެކްޓަރެއް ހިކޭނެއެވެ.

އާ ޑްރެޖަރުން ފުރަތަމަ ނުވަ ރަށެއް ހިއްކާނެއެވެ. އެއީ، ހއ. އިހަވަންދޫގެ އިތުރުން ށ. ކޮމަންޑޫ، އއ. އުކުޅަސް، އއ. ބޮޑުފޮޅުދޫ، ރ. އުނގޫފާރު، މ. ދިއްގަރު، ފ. ފީއަލީ، ކ. ދިއްފުށި އަދި ކ. ގުޅިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ