ހަނިމާދޫ ސްކޫލުގައި އޭލެވެލް ކިޔަވާ ދަރިވަރުންނަށް އެލަވެއްސެއް ދޭން ހަނިމާދޫ ކައުންސިލުން ނިންމައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ސްކޫލުގައި އޭލެވެލް ކިޔަވާ ދަރިވަރުން ކިޔަވާ ނިމެންދެން އެލަވަންސެއް ދޭން ހަނިމާދޫ ކައުންސިލުން ނިންމައިފިއެވެ.

މިއަދު ކުރިއަށް ދިއަ އެ ކައުންސިލްގެ 4 ވަނަ ދައުރުގެ 99 ވަނަ ޖަލުސާގައި ރިޔާސަތުން ހުށައެޅި މައްސަލަ 3 ގައި ވަނީ ހަނިމާދޫ ސުކޫލްގައި 11 އަދި 12 ކިޔަވާ ދަރިވަރުންނަށް އެލަވަންސެއް ދިނުމާ މެދު މަޝްވަރާކޮށް ގޮތެއްނިންމުމެވެ.

އިޝްތިހާރު
އިޝްތިހާރު

ރިޔާސަތުން މި މައްސަލައިގެ ބަހުސަށް ހުޅުވާލުމުން، ކައުންސިލް މެންބަރު ޙާރިޘާ މުޙައްމަދު ހުށައެޅީ ހަނިމާދޫ ސްކޫލުން 2023 ވަނަ އަހަރު އޭލެވެލް ކިއަވަން ބޭނުންވެ އެންމެ ފުރަތަމަ ފޯމް ހުށައަޅާ 15 ދަރިވަރަށް އެދަރިވަރުން ކިއަވާ ނިމެންދެން 2000 ރުފިޔާގެ އެލަވަންސެއް ދިނުމަށެވެ.

މިހުށައެޅުން ފާސްވީ ޖަލުސާގެ އިއްތިފާގުންނެވެ. މިއަދު ޖަލުސާގައި ބައިވެރިވެލެއްވީ ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު، މެންބަރު އަލީ އިބުރާހިމް، އަދި ޙާރިޘާ މުޙައްމަދު އެވެ. ރައީސް އަބުދުލް ސައްތާރު ހަސަން ހުންނެވީ ރަސްމީ ދަތުފުޅެއްގައި ޗައިނާގައެވެ. މެންބަރު ނާޒިޔާ ހަސަން ހުންނެވީ ރަށުން ބޭރުގައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ