ހަނިމާދޫ ކައުންސިލުން ލައިސަންސް ކާޑް ހަދައިދޭނެ އަގު ކަނޑައަޅައިފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ކައުންސިލުން ލައިސަންސް ކާޑް ހަދައިދޭނެ އަގު ކަނޑައަޅައިފިއެވެ.

ހަނިމާދޫ ކައުންްސިލް 4 ވަނަ ދައުރުގެ 99 ވަނަ ޖަލުސާގައި 4 ވަނަ ކަމެއްގެ ގޮތުގައި ރިޔާސަތުން ހުށައެޅި ކަމަކީ އަލަށް ޑްރައިވިން ލައިސަންސް ހައްދާ ފަރާތްތަކުގެ އަތުން ފީއެއް ނެގުމަށް މަޝްވަރާކޮށް ގޮތެއް ނިންމުމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި މައްސަލައަށް ބަހުސްގެ ފުރުސަތު ހުޅުވާލުމުން މެންބަރު އަލީ އިބުރާހިމް ހުށައެޅުމެއް ހުށައެޅިއެވެ. އޭނާގެ ހުށައެޅުމުގައި ވަނީ ލައިސަންސް ކާޑު ހައްދަން ބޭނުންވާ ކޮންމެ ފަރާތަކަށްވެސް 300 ރުފިޔާގެ ފީއެއް ނެގުމަށްފަހު ލައިސަންސް ކާޑު ހަނިމާދޫ ކައުންސިލުން ހައްދައި ދިނުމަށެވެ.

މިހުށައެޅުން ފާސްވީ ޖަލުސާގެ އިއްތިފާގުންނެވެ. މިއަދު ޖަލުސާގައި ބައިވެރިވެލެއްވީ ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު، މެންބަރު އަލީ އިބުރާހިމް، އަދި ޙާރިޘާ މުޙައްމަދު އެވެ. ރައީސް އަބުދުލް ސައްތާރު ހަސަން ހުންނެވީ ރަސްމީ ދަތުފުޅެއްގައި ޗައިނާގައެވެ. މެންބަރު ނާޒިޔާ ހަސަން ހުންނެވީ ރަށުން ބޭރުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ