އެންޑީއެމްއޭގެ އޮޑިޓް ބޮޑެތި ގޯސްތަކެއް

ރިޕޯޓް ފަހުގެ


އަގުު ކޮންޓްރޯލު ކޮށްފައި އޮތްއިރުވެސް ތަކެތި ގަނެފައިވަނީ އަގުބޮޑުުކޮށް

ސަރުކާރުން ތަކެތީގެ އަގު ކޮންޓްރޯލް ކޮށްފައިވަނިކޮށްވެސް، އެންޑީއެމްއޭއިން މުދާ ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ ބޮޑުކޮށް ތަކެތި ގަނެފައިވާކަން، ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތުން މިރިޕޯރޓްގައި ފާހަގަކޮށްފައިވަނީ ކަރަންޓީން ފެސިލިޓީގެ ގޮތުގައި ބޭނުންކުރެވުނު ބައެއް ރިސޯޓުތަކުގައި ތިބި ފަރާތްތަކަށާއި މާލޭގައި ޙާލުގައި ޖެހުނު ފަރާތްތަކުގެ ކެއިން ބުއިމުގެ ކަންކަން ހަމަޖެއްސުމަށްޓަކައި އެތަންތަނަށް ކާބޯތަކެތި ފޯރުކޮށްދީފައިވަނީ، ސަރުކާރުން ކަނޑައަޅާފައިވާ ކޮންޓްރޯލްޑް އަގުތަކަށް ވުރެ ބޮޑު އަގުގައި ކަމަށެވެ. އަދި އާންމުކޮށް ތަކެތި ގަންނަން ލިބެން ހުންނަ އަގަށް ވުރެ އެތައް ގުނައެއް އަގު ބޮޑުކޮށް ގަނެފައިވާކަންވެސް މިރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

އެގޮތުން ރިޕޯރޓްގައި ފާހަގަކޮށްފައިވާ ތަކެއްޗަކީ:

މީގެއިތުރުން އާންމުކޮށް ބޭނުންކުރާ ކާބޯތަކެތިވެސް ނެޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީން ގަނެފައިވާއިރު، އެއިގެތެރެއިން ބައެއް ތަކެތި
ގަނެފައިވަނީ އެތަކެތި އާންމުކޮށް ބާޒާރުގައި ލިބެން ހުންނަ އަގުތަކަށްވުރެ އެތައް ގުނައެއް ބޮޑުކޮށްކަންވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ. އެގޮތުން ފާހަގަކޮށްފައިވާ ތަކެތީގެ ތަފްޞީލަކީ:

މިރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިސްލާހުކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އަގު ކޮންޓްރޯލް ކޮށްފައިވާ ތަކެއްޗަށް އިތުރަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދައި ދައުލަތުގެ މާލިއްޔާއަށް އަނބުރައި ޖަމާ ކުރުމަށާއި، ސިންގަލް ސޯސްގެ އުސޫލުން ތަކެތި ހޯދި ނަމަވެސް، ތަކެތި ފޯރުކޮށްދޭ ފަރާތުން ހުށަހަޅާ އަގާއި ބާޒާރުގައި ތަކެތި ހުރި އަގު އަޅާކިޔުމަށްފަހު އެކަށީގެންވާ އަގެއްގައި މެނުވީ ތަކެތި ނުގަތުމަށްވަނީ ލަފާދީފައެވެ.

އަދި މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓުން އިއުލާނުކޮށްފައިވާ އަގުތަކަށްވުރެ ބޮޑު އަގުގައި ތަކެތި ވިއްކި ފަރާތްތަކާއިމެދު އަޅަންޖެހޭ ފިޔަވަޅު އެޅުމަށް މިނިސްޓްރީ އޮފް އިކޮނޮމިކް ޑިވެލޮޕްމަންޓަށް ހުށަހެޅުމަށްވެސް އޮޑިޓަރ ޖެނެރަލްގެ އޮފީހުންގެ މިރިޕޯރޓްގައި ދަންނަވާފައިވެއެވެ.

އެންޑީއެމްއޭއިން އޯޑަރުކުރި 22 މިލިއަން ރުފިޔާގެ މުދާ ލިބުނުކަން ކަށަވަރު ނުކުރެވޭ

ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އިން އޯޑަރުކުރި 22 މިލިއަން ރުފިޔާގެ މުދާ ލިބިފައިވާކަން ކަށަވަރު ނުކުރެވެއެވެ.

އޮޑިޓް ރިޕޯރޓްގައި ބުނެފައިވަނީ، ދައުލަތުގެ ޚަރަދު ރިކޯޑުކުރުމަށް ބޭނުންކުރާ ޕަބްލިކް އެކައުންޓިންގ ސިސްޓަމްގައި ތަކެތި ލިބުނު ކަމަށް ރިކޯޑުކުރާނީ އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށް ފަހުގައިކަމަށާއި، ނަމަވެސް، ހުޅުމާލެ މެޑިކަލް ފެސިލިޓީއަށް ބޭނުންވާ ސާމާނު ހޯދުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕލކ (އެސް.ޓީ.އޯ) އަށް އޯޑަރުކޮށްފައިވާ ޖުމުލަ 22،437،177 (ބާވީސް މިލިއަން ހަތަރު ސަތޭކަ ތިރީސް ހަތް ހާސް އެއް ސަތޭކަ ހަތްދިހަ ހަތެއް)
ރުފިޔާގެ ތަކެތި ނުލިބެނީސް އެ ތަކެތި ލިބުނުކަމަށް ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ރެކޯޑުކޮށްފައިވާކަން ފާހަގަކުރެވޭކަމަށެވެ.

އަދި މިތަކެތި ލިބުނުކަމަށް ސިސްޓަމުގައި ރެކޯޑުކޮށްފައިވަނީ މި ތަކެއްޗަށް އެޑްވާންސްކޮށް ފައިސާ ހޯދުމަށް އެސް.ޓީ.އޯ އިން ފޮނުވާފައިވާ ސިޓީއަކީ އިންވޮއިސް ކަމަށް ބަލައި ސިސްޓަމްގައި އެގޮތަށް ރިކޯޑުކޮށްގެންކަމަށްވެސް ބުނެފައިވެއެވެ.

ނޭޝަނަލް އެމަޖެންސީ މެޑިކަލް ސްޓޮކަށް ތަކެތި ހޯދުމަށް ސްޓޭޓް ޓްރޭޑިންގް އޯގަނައިޒޭޝަން ޕަބްލިކް ލިމިޓެޑް (އެސް.ޓީ.އޯ) އާއި، މިނިސްޓްރީ އޮފް ފިނޭންސް އަދި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާއި ދެމެދު 16 އޭޕްރިލް 2020 ގައި ސޮއިކޮށްފައިވާ އެއްބަސްވުމުގައި އެން.ޑީ.އެމް.އޭއިން ކޯޓޭޝަން އެޕްރޫވް ކުރުމުން އެ ކޯޓޭޝަންތަކުގެ ޖުމުލަ އަގު (100%) އެޑްވާންސްގެ ގޮތުގައި ދޭންވާނެކަމަށް ބަޔާންކޮށްފައިވިއަސް މި އެއްބަސްވުމުގެ ދަށުން އޯޑަރު ކުރެވުނު ތަކެތި ސަޕްލައި ކުރަންޖެހޭ މުއްދަތު ބަޔާންކޮށްފައިނުވާކަމަށްވެސް ރިޕޯރޓްގައިވެއެވެ. އަދި އެސް.ޓީ.އޯއަށް ފޮނުވާފައިވާ ޕާޗޭސް އޯޑަރުތަކުގައިވެސް ތަކެތި ސަޕްލައި ކުރަންޖެހޭ ތާރީޚު ބަޔާންކޮށްފައިނުވާކަންވެސްވަނީ ފާހަގަކޮށްފައެވެ.

އަދި އޯޑަރުކުރެވުނު ތަކެތި ލިބުމުން އެ ތަކެއްޗާ ހަވާލުވާ ފަރާތުން، އޯޑަރުކުރި ފޯމުގައިވާ ތަކެތި ހަމައަށް ހުރިތޯ ބަލައި، ސޮއިކުރުމަށްފަހުގައި މެނުވީ ޕަބްލިކް އެކައުންޓިންގ ސިސްޓަމުގައި ތަކެތި ލިބުނު ކަމަށް ރިކޯޑު ނުކުރުމަށާއި، ތަކެތި ލިބުގެ ކުރިން، އެތަކެތި ލިބުނުކަމަށް ސިސްޓަމުގައި ރެކޯޑުކޮށްފައިވާ މުޢާމަލާތްތަކުގެ އިންވޮއިސް އަދި ޑެލިވަރީ ނޯޓު ހޯދައި އެ މަޢުލޫމާތު ސިސްޓަމުގެ ރެކޯޑާއި އަޅާކިޔައި އެއްވެސް އެއްޗެއް އޯޑަރުކުރި އަދަދަށް ނުލިބިވާނަމަ އެތަކެއްޗަށް ދައްކާފައިވާ ފައިސާ އަނބުރާ ހޯދުމަށްވެސް މިރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން އިސްލާހުކުރަން ބުނެފައިވާ ކަންތައްތަކުގެ ތެރޭގައި ހިމެނެއެވެ.

ހުޅުމާލެ ކޮވިޑް ފެސިލިޓީ ގާއިމްކުރީ ތިން މަސް ދުވަހަށް ލިބުނު ބިމެއްގައި

ހުޅުމާލެ ކޮވިޑް ފެސިލިޓީ ގާއިމްކުރީ ތިން މަސް ދުވަހަށް ލިބުނު ބިމެއްގައި ކަމަށް އޮޑިޓަރު ޖެނެރަލްގެ އޮފީހުން ބުނެފި އެވެ.

ކޮވިޑް-19 އާއި ގުޅިގެން ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ، ކޮވިޑް-19 ގައި ބަލި މީހުންނަށް ފަރުވާދިނުމަށްޓަކައި 300 އެނދުގެ މެޑިކަލް ފެސިލިޓީއެއް ހުޅުމާލޭގައި ގާއިމުކުރުމަށް ސަރުކާރުން ނިންމެވުމާ ގުޅިގެން، ހުޅުމާލެގައި ވަގުތީ މެޑިކަލް ފެސިލިޓީއެއް ހެދުމަށް 29 މާރިޗު 2020 ގައި ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗް.ޑީ.ސީ) އާއި ނޭޝަނަލް ޑިޒާސްޓަރ މެނޭޖްމަންޓް އޮތޯރިޓީ (އެން.ޑީ.އެމް.އޭ) އާ ދެމެދު ވެފައިވާ “ހޭންޑް އޯވަރ” އެއްބަސްވުމުގެ ދަށުން، ހުޅުމާލެއިން ޖުމްލަ 42،071 (ސާޅީސް ދެހާސް ހަތްދިހަ އެކެއް) އަކަ ފޫޓުގެ ބިމާއި އެ ބިމުގައިވާ އިމާރާތްތައް އެން.ޑީ.އެމް.އޭއާ ހަވާލުކޮށްފައިވާކަމަށާއި، ނަމަވެސް، ހުޅުމާލޭގައި ހަދާފައިވާ މެޑިކަލް ފެސިލިޓީ ހުރި އިމާރާތްތަކާއި ބިމަކީ، އަމިއްލަ ފަރާތަކަށް، 2012 ވަނަ އަހަރު، މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) އިން ދޫކޮށްފައިވާ، 4،315،153.75 (ހަތަރު މިލިއަން ތިން ސަތޭކަ ފަނަރަ ހާސް އެއް ސަތޭކަ ފަންސާސް ތިނެއް އެމެރިކާ ޑޮލަރު / ހަތްދިހަފަސް ސެންޓް) ގެ ލޯނަކަށް ރަހުނު ކޮށްފައިވާ ތަނެއްކަން ފާހަގަކުރެވޭކަމަށެވެ.

އަދި ލޯނު ނެގިފަރާތުން ގަވާއިދުން އަނބުރާ ލޯނު ނުދެއްކުމުގެ ސަބަބުން، އެ ލޯނާ ގުޅިގެން ރަހުނު ކުރެވިފައިވާ ތަންތަން ވިއްކާލުމުގެ ޙައްޤު މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑަށް، ސިވިލް ކޯޓުގެ ނަންބަރު 2016/ޝވ-ޝ/702 (14 ޑިސެމްބަރު 2016) ޤަޟިއްޔާއިން ދީފައިވާކަންވެސް ރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ.

އަދި އެ ބިމުގައި މެޑިކަލް ފެސިލިޓީ ގާއިމުކުރުމަށް ނިމްމުމާ ގުޅިގެން، އެޗް.ޑީ.ސީ އާއި މޮރިޝަސް ކޮމާޝަލް ބޭންކް (މޯލްޑިވްސް) ޕްރައިވެޓް ލިމިޓެޑާއި ދެމެދު 24 މާރޗު 2020 ގައި ހޭންޑް އޯޑަރ އެއްބަސްވުމެއްގައި ސޮއިކޮށްފައިވާއިރު، މިގޮތުން ހެދުނު އެއްބަސްވުމުގައި، އެތަނުގައި ހަދާފައިހުރި ކޮންކްރީޓް ސްޓްރަކްޗަރއަށް އެއްވެސް ބަދަލެއް ނުގެނެވޭނެކަމަށާއި، އިތުރު އެހެން އެއްވެސް ބަދަލެއް ތަނަށް ގެނެސްފައިވާނަމަ އެ ބަދަލުތައް އެނގޭނެހެން ލިޔެކިޔުން ބަލަހައްޓަން ވާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އަދި މި އެއްބަސްވުމުގެ މުއްދަތަކީ 3 (ތިނެއް) މަސް ދުވަސްކަމަށާއި އެ އެއްބަސްވުމުގައި ބަޔާންކޮށްފައިވާ މުއްދަތު އިތުރުކުރަން ޖެހިއްޖެ ޙާލަތެއްގައި ދެފަރާތުން އިތުރު އެއްބަސްވުމަކަށް އަންނަން ޖެހޭނެކަމަށް ބަޔާންކޮށްފައިވެއެވެ.

މީގެއިތުރުން މި ތަނަށް ގިނަ އަދަދެއްގެ ހަރުމުދާ ހޯދާފައިވީ ނަމަވެސް، ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.02 އަދި 11.03 ވަނަ
މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބަލަހައްޓާފައި ނުވާކަންވެސް މިރިޕޯރޓްގައި ފާހަގަކޮށްފައިވެއެވެ. އަދި
އެ ފެސިލިޓީ އެ ބިމުގައި ގާއިމް ކުރަން ނިންމި ނިންމުމަކީ ނެޝަނަލް ޓާސްކް ފޯހާއި ނޭޝަނަލް އެމެޖެންސީ އޮޕަރޭޝަން ސެންޓަރ (އެން.އީ.އޯ.ސީ) ގައި މަޝްވަރާކޮށް ނިންމި ނިންމުމެއް ކަމަށް އެން.ޑީ.އެމް.އޭއިން މައުލޫމާތު ދީފައިވާކަމަށްވެސް ފާހަގަކޮށްފައިވެއެވެ.

ކޮވިޑް-19 ގެ ހާލަތު އިތުރަށް ދިގުލައިގެން ދާނަމަ އަމިއްލަ ފަރާތެއްގެ ބިމަކަށް ދައުލަތުން އިތުރު ޚަރަދުކުރުން އެކަށީގެންވާތީވެ، ކަމާގުޅޭ ފަރާތްތަކުގެ ލަފާގެމަތިން މުސްތަގްބަލުގައި، އެބިމާ އިމާރާތްތައް ބޭނުންކުރާނެ ގޮތުގެ ޕްލޭން އެކުލަވާއި، ބިމާއި އިމާރާތުގެ މިލްކުވެރިކަމާމެދު ގާނޫނީގޮތުން ނުކުމެދާނެ މައްސަލަތައް ހައްލުކުރުމުގެ ކަންކަން ކުރިޔަށް ގެންދިއުމަށް މިރިޕޯޓުގައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ދަންނަވާފައިވާއިރު، ދައުލަތުން މި ތަނަށް ހޯދި މުދަލުގެ ތަފްސީލު އެނގޭނެ ގޮތަށް ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 11.02 އަދި 11.03 ވަނަ މާއްދާގައި ބަޔާންކޮށްފައިވާ ގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީއެއް ލިޔެ ބެލެހެއްޓުމަށްވެސްވަނީ ދަންނަވާފައެވެ.

34 ގެސްޓު ހައުސްއަކަށް 16 މިލިއަން ރުފިޔާ ޚަރަދުކުރި

އެކަމަޑޭޝަންގެ ގޮތުގައި ގެސްޓް ހައުސް ތަކުގައި މީހުން ބޭތިއްބުމަށް 30 ޖޫން 2020 ގެ ނިޔަލަށް 34 ގެސްޓް ހައުސްއަކަށް ޖުމްލަ 16،737،338
(ސޯޅަ މިލިއަން ހަތް ސަތޭކަ ތިރީސް ހަތް ހާސް ތިން ސަތޭކަ ތިރީސް އަށެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ގެސްޓް ހައުސްތައް ހަމަ ޖެއްސުމުގައި ދެ ފަރާތުން އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކޮށްފައި ނުވުމުގެ ސަބަބުން އެކި ގެސްޓް ހައުސްތަކުން ފޯރުކޮށްދޭން ޖެހެނީ ކޮން ޚިދުމަތްތަކެއްކަމާއި އެ ޚިދުމަތް ފޯރުކޮށްދޭން ޖެހެނީ ކޮން ރޭޓެއްގައި ކަން އެނގެން ނެތްކަން ފާހަގަކުރަމެވެ. އެހެންކަމުން، އެކި ގެސްޓްހައުސް ތަކުން އެކި ރޭޓުން ބިލްކޮށްފައި ވާކަމާއި، ލޯންޑްރީ ސާރވިސް އަދި
އެކްސްޓްރާ ބެޑް، އެކްސްޓްރާ ޕާސަން ޗާޖު ފަދަ ބައެއް އިތުރު ޚިދުމަތްތަކަށް ދައުލަތުން އިތުރު ޚަރަދު ކުރަންޖެހުނުކަން ފާހަގަކުރަމެވެ. އެއްބަސްވުން ހަދާފައިނުވާ ޙާލަތުގައި ފައިސާ ދައްކަންވާނީ ބޭނުންކުރެވުނު ކޮޓަރީގެ އަދަދަށް އެ ކޮޓަރިތައް ބޭނުންކުރެވުނު މުއްދަތަށްކަމުގައި މި އޮފީހުން ދެކެމެވެ.” އެންޑީއެމްއޭ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

މީގެ އިތުރުން، ކޮވިޑް-19 ގެެއޮޕަރޭޝަންގައި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކާއި އަދި މި އޮޕަރޭޝަނާއި ގުޅިގެން ހަރަކާތްތެރިވި އެހެނިހެން ފަރާތްތަކަށް މާލެއާއި ހުޅުމާލޭގެ ގެސްޓްހައުސްތަކުގައި އެކޮމޮޑޭޝަން ހަމަޖައްސާފައިވާއިރު ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން އެއްބަސްވުމެއް ތައްޔާރުކޮށްފައި ނުވާކަންވެސް އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ންޑީއެމްއޭގެ އޮޑިޓް ރިޕޯޓުގައި ބުނެފައިވަނީ،، ގެސްޓްހައުސްތަކުގައި މީހުން ބައިތިއްބާފައި ވަނީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ރޭޓަށް ކުއްޔަށް ދިނުމަށް އެ ގެސްޓްހައުސްތަކުން އެއްބަސްވެފައިވާތީކަމަށް “ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމް” ތަކުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ވަކި ރޭޓެއް ކަނޑައަޅާފައިވާކަން ލިޔެ ކިޔުމުން އެގެން ނެތްކަމަށެވެ.

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުން ބުނެފައިވާގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރަންޖެހޭ ފަރާތްތަކާއި އެކަހެރި ކުރަންޖެހޭ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެކަމަޑޭޝަން ހަމަ ޖެއްސުމަށް ރިސޯޓުތަކާއި، މާލެ އާއި ހުޅުމާލޭގެ ގެސްޓް ހައުސްތަކުގެ ތެރެއިން ކުއްޔަށް ހިފި ތަންތަނަށް 30 ޖޫން 2010 ގެ ނިޔަލަށް، ޖުމުލަ 35،886،412 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

އެއްބަސްވުމެއް ނެތް، އެކޮމެޑޭޝަނަށް އިތުރަށް ފައިސާ ދައްކާފައިވޭ

ގެސްޓްހައުސްތަކުގައި މީހުން ބައިތިއްބާފައި ވަނީ، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ކަނޑައަޅާފައިވާ ރޭޓަށް ކުއްޔަށް ދިނުމަށް އެ ގެސްޓްހައުސްތަކުން އެއްބަސްވެފައިވާތީކަމަށް “ޚިދުމަތާއި ތަކެއްޗަށް އެދޭ ފޯމް” ތަކުގައި ބަޔާންކޮށްފައިވެއެވެ. ނަމަވެސް، ފްރަންޓް ލައިންގައި މަސައްކަތްކުރާ ފަރާތްތަކަށް އެކަމަޑޭޝަން ހަމަޖެއްސުމަށް ވަކި ރޭޓެއް ކަނޑައަޅާފައިވާކަން ލިޔެ ކިޔުމުން އެގެން ނެތްކަމަށެވެ.

އެންޑީއެމްއޭގެ އޮޑިޓް ރިޕޯޓުން ބުނެފައިވާގޮތުގައި، ކޮވިޑް-19 އާއި ގުޅިގެން ކަރަންޓީނު ކުރަންޖެހޭ ފަރާތްތަކާއި އެކަހެރި ކުރަންޖެހޭ ފަރާތްތަކާއި ފްރަންޓްލައިންގައި މަސައްކަތްކުރާ ފަރާތްތަކުގެ ތެރެއިން ބައެއް ފަރާތްތަކަށް އެކަމަޑޭޝަން ހަމަ ޖެއްސުމަށް ރިސޯޓުތަކާއި، މާލެ އާއި ހުޅުމާލޭގެ ގެސްޓް ހައުސްތަކުގެ ތެރެއިން ކުއްޔަށް ހިފި ތަންތަނަށް 30 ޖޫން 2010 ގެ ނިޔަލަށް، ޖުމުލަ 35،886،412 ރުފިޔާ ޚަރަދު ކޮށްފައިވެއެވެ.

“އެކަމަޑޭޝަންގެ ގޮތުގައި ގެސްޓް ހައުސް ތަކުގައި މީހުން ބޭތިއްބުމަށް 30 ޖޫން 2020 ގެ ނިޔަލަށް 34 ގެސްޓް ހައުސްއަކަށް ޖުމްލަ 16،737،338 (ސޯޅަ މިލިއަން ހަތް ސަތޭކަ ތިރީސް ހަތް ހާސް ތިން ސަތޭކަ ތިރީސް އަށެއް) ރުފިޔާ ޚަރަދުކޮށްފައިވެއެވެ. ގެސްޓް ހައުސްތައް ހަމަ ޖެއްސުމުގައި ދެ ފަރާތުން އެއްބަސްވުމެއް ތައްޔާރުކޮށް ސޮއިކޮށްފައި ނުވުމުގެ ސަބަބުން އެކި ގެސްޓް ހައުސްތަކުން ފޯރުކޮށްދޭން ޖެހެނީ ކޮން ޚިދުމަތްތަކެއްކަމާއި އެ ޚިދުމަތް ފޯރުކޮށްދޭން ޖެހެނީ ކޮން ރޭޓެއްގައި ކަން އެނގެން ނެތްކަން ފާހަގަކޮށްފައި ވެއެވެ.

އެހެންކަމުން، އެކި ގެސްޓްހައުސް ތަކުން އެކި ރޭޓުން ބިލްކޮށްފައި ވާކަމާއި، ލޯންޑްރީ ސާރވިސް އަދި އެކްސްޓްރާ ބެޑް، އެކްސްޓްރާ ޕާސަން ޗާޖު ފަދަ ބައެއް އިތުރު ޚިދުމަތްތަކަށް ދައުލަތުން އިތުރު ޚަރަދު ކުރަންޖެހުނުކަން ފާހަގަކުރަމެވެ. އެއްބަސްވުން ހަދާފައިނުވާ ޙާލަތުގައި ފައިސާ ދައްކަންވާނީ ބޭނުންކުރެވުނު ކޮޓަރީގެ އަދަދަށް އެ ކޮޓަރިތައް ބޭނުންކުރެވުނު މުއްދަތަށްކަމުގައި މި އޮފީހުން ދެކެމެވެ.” އެންޑީއެމްއޭ އޮޑިޓް ރިޕޯޓުގައި ބުނެފައިވެއެވެ.

ނޭޝަނަލް ޑިޒާސްޓަރު މެނޭޖްމަންޓް އޮތޯރިޓީއިން ކުރި ޚަރަދުތަކުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ