ހަށިވިއްކަން ތިބި ބަޔަކު މާލޭން ހައްޔަރުކޮށްފި

ޚަބަރު ފަހުގެ

ހަށިވިއްކަން ތިބި ބަޔަކު މާލޭގެ ސެލޫނަކުން ހައްޔަރުކޮށްފިއެވެ.

ފުލުހުން ވިދާޅުވީ، މާލޭގައި ހިންގަމުންދިޔަ އަލޯރާ ސްޕާ އެންޑް ސެލޫން ގައި ހަށިވިއްކަމުންދާ ކަމަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން ޖުލައި 20 ވަނަ ދުވަހުގެ ރޭ ސްޕެޝަލް އޮޕަރޭޝަން އާއި އެންޓި ހިއުމަން ޓްރެފިކިންގ ޑިޕާޓްމަންޓާއި ފުލުހުން ގެ އިންޓެލިޖެންސް އަދި މޯލްޑިވްސް އިމިގްރޭޝަން ގުޅިގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

މި އޮޕަރޭޝަންގައި 34 އަަހރުގެ ބިދޭސީ 2 އަންހެނުންނާއި، 43 އަހަރުގެ ބިދޭސީ އަންހެނަކާއި، 38 އަހަރުގެ އަދި 39 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށްފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ. އަދި ހައްޔަރު ކުރި ބައެއް މީހުން ހައްޔަރުކޮށްފައިވަނީ ނިވާކަންކުޑަކޮށް ތިއްބައި ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލައާ ގުޅިގެން އެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ޖުލައި 21 ވަނަ ދުވަހު ކްރިމިނަލް ކޯޓަށް ހާޒިރުކުރުމުން 3 އަންހެނުންގެ ބަންދަށް 15 ދުވަސް އަދި 38 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 10 ދުވަސް ޖަހާފައިވެއެވެ. އަދި 39 އަހަރުގެ ފިރިހެން މީހާގެ ބަންދަށް 5 ދުވަސް ކްރިމިނަލް ކޯޓުން ދީފައިވާ ކަމަށްވެސް ފުލުހުން ވިދާޅުވިއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ