ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖު 2023: ޓީމް ހަނިމާދޫ ކުޅުނު 2 ވަނަ މެޗު ވެސް ކަމީޔާބު ކޮށްފި!

ހަނިމާދޫ ކުޅިވަރު ފަހުގެ

ޕީއެސް ސްޕޯރޓްސް އެންޑް ރެކްރިއޭޝަން ކްލަބް “ސާކް” އިން ބާއްވާ ބޮޑުތިލަދުންމަތި ފުޓްސަލް ޖެލެންޖްގައި ޓީމް ހަނިމާދޫ ކުޅުނު ދެވަނަ މެޗުން ވެސް މޮޅުވެއްޖެއެވެ.

ސެންސިޓީ އާއި ދެކޮޅަށް މިއަދު ހަވީރު އިހަވަންދޫ ފުޓުބޯޅަދަނޑުގައި ކުޅެވުނު މެޗު، ޓީމް ހަނިމާދޫ ކާމިޔާބު ކުރީ 5 ލަނޑު 1 ލަނޑުންނެވެ.

އިޝްތިހާރު
އިޝްތިހާރު

މިއަދުގެ މެޗްގައި ޓީމްހަނިމާދޫއަށް ގޯލްތައް ޖަހައިދިނީ އަބޫބަކުރު ސިދުގީ، މުހައްމަދު ނާފިޒް އަދި އަލީ އާމިރުއެވެ. ސިދުގީ އަދި ނާފިޒް އާއި ދެކުޅުންތެރިން ކުރެ ކޮންމެ ކުޅުންތެރިޔަކު ގޯލެއް ޖެހިއިރު، މެޗްގެ މޮޅުކުޅުންތެރިޔާއަށް ހޮވުނު އަލީ އާމިރުވަނީ 3 ގޯލް ޖަހައި ހެޓްރިކް ހަދާފައެވެ. ސެންސިޓީގެ ހަމައެކަނި ގޯލް ޖަހައިދިނީ ޓީމްގެ ކެޕްޓަން ހަސަން ސަމީރުއެވެ.

ބޮޑުތިލަދުންމަތި ފުޓްސަލް ޗެލެންޖްގައި ބައިވެރިވި ޓީމް ހަނިމާދޫގެ އެންމެހާ ހަރަދުތަށް ބަލަހައްޓަނީ ހަނިމާދޫ ކައުންސިލްގެ ކުޅިވަރު ބަޖެޓުންނެވެ.

ދެން ޓީމް ހަނިމާދޫގެ މެޗެއް ކުޅޭނީ މިމަހުގެ 24 ވަނަ ދުވަހު ކުޅިމަގާ ދެކޮޅަށެވެ. އެއަށް ފަހު 26 ވަނަ ދުވަހު މާރަންދޫ ޔޫތް ސޮސައިޓީއާ ދެކޮޅަށް މެޗެއް ކުޅޭނެވެ. މިއީ ގްރޫޕް ސްޓޭޖްގައި ޓީމް ހަނިމާދޫ ކުޅޭނެ ފަހު މެޗެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ