ހަނިމާދޫ ފުޓުސަލް ޓާރފްދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ބަޔަކާ ހަވާކުކޮށްފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ފުޓުސަލް ޓާރފްދަނޑު މަރާމާތު ކުރުމަށް ބޭނުންވާ ސާމާނު ސަޕްލައި ކޮށްދިނުމަށް ބަޔަކާ ހަވާކުކޮށްފިއެވެ.

މިމަސައްކަތް 7 ދުވަސްތެރޭ ނިންމަން ހަވާލު ކޮށްފައިވަނީ “މޯލްޑިވްސް އެޝުއަރ ސަޕްލައި” އަށެވެ. މި ޕްރޮޖެކްޓަށް ހަނިމާދޫ ކައުންސިލުގެ ބަޖެޓުން 441،001.80 (ހަތަރުލައްކަ ސާޅިސް އެއްހާސް އެއްރުފިޔާ އަށްޑިހަ ލާރި) ހަރަދު ކުރެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

މި އެއްބަސްވުމުގައި ހަނިމާދޫ ކައުންސިލްގެ ފަރާތުން ސޮއި ކުރެއްވީ ހަނިމާދޫ ކައުންސިލްގެ މެންބަރު އަލީ އިބުރާހްއެވެ. މޯލްޑިވްސް އެޝުއަރ ސަޕްލައިގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މަސްއޫލުވެރިޔާ މުސްތަފާ މުހައްމަދުއެވެ.

މިޕްރޮޖެކްޓްގެ ދަށުން ފުޓުސަލް ދަނޑުގައި އެޅުމަށް ބޭނުންވާ ގްރާސް ޓާރފް، ސިލިކާ ސޭންޑް، ޓާރފް ހިއްޕުމަށް ބޭނުންވާ އެޑެސިވް ޓޭޕް ސަޕްލައި ކޮށްދިނުމަށް ހަމަޖެހިފައިވެއެވެ.

މި ޕްރޮޖެއްޓުގައި ސޮއި ކުރިކަން އިއުލާން ކުރަވާ ފޭސްބުކްގައި ހަނިމާދޫ ކައުންސިލްގެ ނައިބުރައީސް ފިރާގް މުހައްމަދު ވިދާޅުވީ ‎އޮއްވަޅުގޮނޑިއެއްހެން އޮތް ޓާފް ދަނޑު މަރާތުކޮށްދިނުމަށް ހަނިމާދޫ ކުޑަކުދިންނަށް އަދި ޒުވާނުންނަށް ވީ ވައުދު ހަނިމާދޫ ކައުންސިލުން ފުއްދައިދިނުމުގެ މަސައްކަތް މި ފެށުނީ ކަމަށެވެ.

ކައުންސިލްތައް ވުޖޫދުވުމަށްފަހު އުފެދުނު 4 ވަނަ ދައުރުގެ ހަނިމާދޫ ކައުންސިލަކީ ކުޅިވާރާ ތައުލީމަށް އަދި އުމުރާނީ ތަރަގީގެ ކަންތައްތަކުގައި ބޮޑެތި ހޭދައެއް ކުރަމުންދާ ކައުންސިލެއްކަން ފާހަގަކޮށްލެވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ