ޅައިމަގުގައި އައުޓްޑޯ ޖިމެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދަން އިއުލާން ކޮށްފި

ޚަބަރު ފަހުގެ

ށ.ޅައިމަގުގައި އައުޓްޑޯ ޖިމެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ޅައިމަކު ކައުންސިލުން އިއުލާން ކޮށްފިއެވެ.

ޅައިމަކު ކައުންސިލުން މިއަދު ކުރި އިއުލާނެންގައި ބުނީ އެކައުންސިލުން ދޭ މަޢުލޫމާތާ އެއްގޮތަށް ޅައިމަގުގައި އައުޓްޑޯ ޖިމެއްގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް ބޭނުންވާކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި މިކަން ކޮށްދިނުމަށް ކުރިމަތި ލެވޭނީ ވިޔަފާރި ރަޖިސްޓަރީ ކުރުމުގެ ޤާނޫނު (ޤާނޫނު ނަންބަރު: 18/2014) ގެ ދަށުން ވިޔަފާރި ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށާއި، އަމިއްލަ ފަރުދުންގެ ވިޔަފާރީގެ ޤާނޫނު (ޤާނޫނު ނަންބަރު: 19/2014) ގެ ދަށުން ރަޖިސްޓަރީ ކުރެވިފައިވާ ފަރާތްތަކަށް ކަމަށްވެސް އެ ކައުންސިލުން ބުނެފައިވެއެވެ.

ޖިމާ ގުޅޭ ބިޑާ ބެހޭގޮތުން މައުލޫމާތު އެރުވުމުގެ ސެޝަން އޮގަސްޓް 3 ވަނަ ދުވަހު 11:00 ގައި ކުރިއަށް ގެންދާއިރު ބިޑު ހުޅުވުން ކުރިއަށް ގެންދަނީ އޮގަސްޓު 10 ވާ ބުރާސްފަތި ދުވަހުގެ 11:00 ގައެވެ. މި ދެ ސެޝަން ވެސް ކުރިޔަށް ގެންދަން ނިންމާފައި ވަނީ ޅައިމަގު ކައުންސިލް އިދާރާގައެވެ.

މަޢުލޫމާތު ސާފްކުރެއްވުމަށް ވަޑައިނުގަންނަވާ ފަރާތްތަކަށާއި ގަޑިޖެހިގެން ވަޑައިގަންނަވާ ފަރާތްތަކަށް އަންދާސީ ހިސާބު ހުށަހެޅުމުގެ ފުރުޞަތު ނުދެވޭނެ ކަމަށްވެސް ޅައިމަގު ކައުންސިލުން ބުނެފައިވެއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ