ރާއްޖެއިން ހިމަބިހީގެ ކޭސްއެއް ފެނިއްޖެ

ޚަބަރު ފަހުގެ

ރާއްޖެއިން ނައްތާލެވިފައިވާ ހިމަބިހީގެ ކޭސް އެއް ފެނިއްޖެއެވެ.

ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން ނެރުނު ބަޔާނެއްގައި މިއަދު ބުނީ މިދިޔަ އަންގާރަ ދުވަހު ދިވެއްސަކު ހިމަބިއްސަށް ޕޮޒިޓިވްވެފައިވާ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެމީހާ އަށް ބަލި ޖެހުނު ގޮތް ބެލި ބެލުމުން އެނގިގެން ދިޔައީ އޭނާ އަށް ބަލި ޖެހުނީ ރާއްޖެ އިން ބޭރުން ކަމަށެވެ. ބަލި ޖެހުނު ފަރާތުހެ ސިއްހީ ހާލަތު ހުރި ގޮތުން އޭނާ އަށް ފަރުވާ ދެނީ ހޮސްޕިޓަލުގައި އެޑްމިޓް ކޮށްގެންނެވެ.

އެޗްޕީއޭ އިން ބުނީ އެމީހާގެ ހާލު ރަނގަޅުވަމުން އަންނަ ކަމަށެވެ. އެ މީހާއަކީ މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަ ކޮށްފައިވާ މީހެކެވެ.

މީސްލްސް ވެކްސިންގެ ދެ ޑޯޒް ފުރިހަމަވެފައިވުމުން ބަލި ޖެހުމުގެ ރިސްކު 97 ޕަސެންޓު ކުޑަކޮށްދެއެވެ. އެހެންކަމުން ވެކްސިން ޖެހުމުން ބަލި ޖެހުމުގެ ފުރުސަތު ވަރަށް ބޮޑަށް ކުޑަކޮށްދެއެވެ.

“ނަމަވެސް މީސްލްސްއަކީ އެންމެ ހަލުވިކޮށް ފެތުރޭ އެއް ބަލިކަމަށްވުމާއެކު ބައެއް ފަރާތްތަކުން ބައްޔަށް ހުށަހެޅިއްޖެނަމަ، ބަލި ޖެހުމުގެ ފުރުސަތު އޮވެއެވެ.” އެޗްޕީއޭއިން ބުނެފައިވެއެވެ.

އެޗްޕީއޭއިން ބުނެފައިވަނީ، ހިމަބިހީގެ ކޭސްއެއް ފެނުމުން އަމަލުކުރަން ކަނޑައެޅިފައިވާ އުސޫލުތަކުގެ މަތިން ކޮންޓެކްޓުން ދެނެގަތުމުގެ މަސައްކަތް ފަށާފައިވާ ކަމަށެވެ. އަދި ބައެއް ކޮންޓެކްޓުންނަށް އެކަން އަންގައި އޭގެތެރެއިން ވެކްސިން ފުރިހަމަ ނުވާ ފަރާތްތަކަށް ވެކްސިން ދިނުން ކުރިއަށް ގެންގޮސްފައިވާ ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ