ސެހް އަލީ ޒައިދުއެވެ. ހޮނޑައިދޫގެ އަހުލުވެރިން ކޮންފަދަ ނުބައިކަމެއް ކުރަނީތޯ؟ އެބައި މީހުންގެ ކިބައިން ސަލާމަތް ކުރެއްވުމަށް ތިޔަހައި ފާޅުގައި ތިޔަގޮވާލީ އެރަށުގެ އަހުލުވެރިން ކުރި ކަމެއް ވެސް ބުނެދިނުމެެއް ނެތި ނޫންހެއްޔެވެ؟
އާއެކެވެ. ރަށެއްގައި ނުވަތަ ތަނެންގައި އެތަނަށް ނިސްބަތްނުވާ މީހަކު އަރާ ކަމެއްކުރުމުން އެރަށެއްގެ ރައްޔިތުންނަށް ލައުނަތް އަދި އެ ރައްޔިތުންގެ ކިބައިން ސަލާމަތް ކުރަން ގޮވަން ވީހެއްޔެވެ. ނުވަތަ އެކަން ކުރި ބައެއްގެ ކިބައިން ސަލާމަތް ކުރެއްވުމަށް ގޮވުން މާ އައުލާވެގެން ވޭނުންހެއްޔެވެ.
ހޮނޑައިދޫގެ ރައްޔިތުން އެރަށުން ހަނިމާދޫއަށް ސަރުކާރުން ބަދަލުކުރެއްވީ 1999 ވަނަ އަހަރު ޑިސެންބަރު 31 ވަނަ ދުވަހުއެވެ. އެއީ 166 މީހުން ދިރިއުޅުނު ރަށެކެވެ.
ދެން ވެސް އުފެދެނީ ހަމަ އެއް ސުވާލެވެ. ދީނީ އިލްމު އުނގެނިގެން ހުރި އިލްމުގެ އަހުލުވެރިއެއް ކުލިއަކަށް ބޮޑު ރަށެއްގެ މީހުންގެ ކިބައިން ސަލާމަތް ކުރުމަަށް އެއްކައުވަންތަ ﷲ ގެ ހަޟްރަތުގައި ދަންނަވަން މިޖެހުނީ ކީއްވެބާއެވެ. އެބައި މީހުން އަލީ ޒައިދުއަށް ގޯނާއެއް ނުވަތަ އެނާގެ އާއިލާއަށް ގޯނާކޮށް ހާނިކަ ކުރަނީހެއްޔެވެ؟ ނުވަތަ އެބައި މީހުން މިހާރު ދިރިއުޅޭ ހަނިމާދޫގެ ރައްޔިތުންނަށް ނޭނގި ސިއްރުން ބޮޑު ފާފައެއް އެބައިމީހުން ކުރަނީ ހެއްޔެވެ؟
ހަމަ ގައިމުވެސް އެގެން އަދި ފެންނަން އޮތް ހަގީގަތަކީ ކަމަކައި ލައިގެންވިއަސް، އާއްމު މަސްލަހަތެއް ނެތްނަމަ ފާޅުކަން ބޮޑުގޮތަކަށް ބަދުނާމުކުރުމަކީ ދީނީ ނަޒަރަކުން ބެލިއަސް ކަންކުރަން އޮންނަ ގޮތްނޫންކަމެވެ.
އެތަނުގެ އަހުލުވެރިން ކަމުގައި ނުވާ މީހަކު އެތަނެންގައި ގޯސް އަމަލެއް ހިންގާފައި އޮތަތީ އެމީހާއަށް ނިސްބަތް ކުރުމުގެ ގޮތުން އެރަށުގެ އަހުލުވެރިން ބަދުނާމުކުރުން ހަމަގައިމުވެސް އިސްލާމުދީން ބާރެއް ނާޅާނެއެވެ.
އަލީ ޒައިދު ކުރި ޓުވިޓާއި ގުޅިގެން އޭނާއަށް ގިނަބަޔަކު ދަނީ ފާޑު ކިޔަމުންނެވެ. އަދި އެނާއަށް ހޮނޑައިދޫގެ ރައްޔިތުން ތިބިކަން ނޭގެނީތޯއާއި އެރަށް ފަޅުވުމަށް ފަހު ބަޔަކު ނުވަތަ މީހަކު އަރާ މުޑުދާރު ކަމެއް ކުރުމުން އެއީ އެރަށަށް ނިސްބަތްވި އަހްލުވެރިންގެ ކުށެއްތޯ ގިނަ ބަޔަކު ސުވާލު އުފައްދަމުންނެވެ.