ޝެއިޚް އަލީ ޒައިދު ހޮނޑައިދޫގެ ރައްޔިތުން ބަދުނާމު ކުރުމަށްފަހު، މާފަށް އެދުނީ ޓުވީޓް އޮޅުންއެރި މީހުންގެ ކިބައިން!

ކޮލަމް ފަހުގެ

ހޮނޑައިދޫގައި ދިރިއުޅުން ރައްޔިތުންނާއި ހަނިމާދޫގެ ރައްޔިތުން އިއްޔެ ސިއްސުވާލީ އަލީ ޒައިދު ކުރި ޓުވީޓަކުންނެވެ. އެނާ ވަރަށް ފާޅުކަން ބޮޑު ގޮތެއްގައި ގޮވާލީ ” ‏ޔާ ﷲ! ހޮޑައިނދޫ ރައްޔިތުންގެ ނުބައިކަމުން އަޅަމެން ސަލާމަތްކުރައްވާށި! އާމީން” މިފަދައިންނެވެ.

މިޓުއީޓާއެކު އަލީ ޒައިދުއަށް އެތަށް ބަޔަކު ނުރުހުން ފާޅުކޮށް ސޯޝަލް މީޑިއާގައި ގުގުމާލިއެވެ. އެއާއެކު މިއަދުގެ ހެނދުނު އަނެއްކާވެސް މިވަނީ އެނާ ޓުވީޓެއް ކޮށްފައެވެ. އެޓުވީޓުގައި އެނާ ބުނީ ” ހޮނޑައިދޫ ރައްޔިތުންގެ ނަން ބޭނުން ކުރި ޓުވީޓް އޮޅި ވަޑައިގެން ރައްޔިތުންގެ ކިބައިން މާއާފަށްއެދޭ ކަމަށެވެ.”

އިޝްތިހާރު
އިޝްތިހާރު

ހޮނޑައިދޫ އަށް އުފަން އެތަކެއް ރައްޔިތުންނެއް މިހާރުވެސް ދުނިޔޭގައި ތިބިއިރު އެވެރިންގެ ނުބައިކަމުން ސަލާމަތަށް އެދި ގޮވީ އެވެރިން ކޮން ކަމެއް ކޮށްގެން ކަަން ހާމަނުކޮށް ބޮޑު ދުއާއެއް ކޮށް އެއުރެން ބަދުނާމު ކުރުމަށްފަހުވެސް މައާފަށް އެއެދުނީ ޓުވީޓް އޮޅިވަޑައިގެން މީހުންގެ ފަރާތުންނެވެ. ކިހާ އިންސާފުވެރި، އަދުލުވެރި ނޫންހެއްޔެވެ.

” ހޮނޑައިދޫ ރައްޔިތުން ބޭނުން ކުރީ އެރަށުގައި އުޅުނު ބަޔަކަށް ނިސްބަތްނުކޮށް އެހެން ބަޔަކަށް ނިސްބަތް ކުރުމަށް މަޖާޒީކޮށް” އެޓުއީޓްގައި ބުނެފައިވެއެވެ.

މަޖާޒީ ބަސް ބޭނުންކޮށް އުޅެނީ އެތަނެންގެ އަހުލުވެރިން ކަމެއްކޮށްފައިވާ ގޮތަށް އެހެން މީހުން އެފަދަ ކަމެއް ކޮށްފިނަމައެވެ. ނުވަތަ ބަޔަކު ކުރިކަމެއް ހަމަ އެބީދައިން ކުރުމުން ބުނެއުޅޭ އުޅުމަށެވެ.

މިތަނުގައި ޒައިދު ދަށްކަން މިއުޅޭނީ ހޮނޑައިދޫއަށް އަރާ ރާލާއެކު ހަތްޔަރު ކުރި ސިޔާސީ އިސް މީހެއްގެ ވާހަކަ އެވެ. އެއީ ހޮނޑައިދޫއަށް ނިސްބަތްވާ މީހެއްވެސް ނޫނެވެ. އެނާގެ ނަން ބުނާނެ ހިތްވަރު ނެތުމުން ބަދުނާމު ކުރީ ކުށެއްނެއް މައުސޫމު ރައްޔިތުންނެވެ. އެއަށްފަހު މާފަށްވެސް މިއެދުނީ ޓުއީޓް އޮޅުން އެރި މީހުންގެ ކިބައިންނެވެ. ހޮނޑައިދޫ ރައްޔިތުންގެ ހައްގު ކޮބައިހެއްޔެވެ؟

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ