ކުޑަކުދިންނަށް ދޭ ބޭހެއްގައި ސިއްހަތައް ނުރައްކާވެދާނެ މާއްދާއެއް!

ފަހުގެ ޞިއްހަތު

އިނގިރޭސިވިލާތުގައި ފްރެކެން އިންޓަނޭޝަނަލްއިން އުފައްދާ “ނަޗުރުކޯލްޑް”ގައި ސިއްހަތަށް ނުރައްކާވާފަދަ މާއްދާއެއް ހުރުމުން ސަމާލުވާން މޯލްޑިވްސް ފުޑް އެންޑް ޑްރަގް އޮތޯރިޓީ (އެމްއެފްޑީއޭ)އިން އަންގައިފިއެވެ.

ކެމަރޫންގައި ދައުރުވަމުންދާ “ނަޗުރުކޯލްޑް”ގައި “ޑައިތެލީން ގްލައިކޯލް” އަދި “އެތަލީން ގްލައިކޯލް” ހިމެނޭ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ބުނެފައެވެ.

އިޝްތިހާރު
އިޝްތިހާރު

އެމްއެފްޑީއޭއިން އިތުރަށް ބުނީ އެ ބޭހަކީ ރާއްޖެއަށް އިމްޕޯޓް ކުރުމާއި ވިއްކުމަށް ހުއްދަ ކުރާ ބޭހުގެ ލިސްޓް (އެޕްރޫވްޑް ޑްރަގް ލިސްޓް) ގައި ހިމެނޭ ބޭހެއް ނޫން ނަމަވެސް ބޭސްސިޓީއަށް ނުވަތަ އެނޫންވެސް ގޮތަކުން ރާއްޖެއަށް މިބޭސް އިމްޕޯޓް ވުމުގެ ފުރުސަތު އޮތްކަމަށާއި މިކަމަށް ސަމާލުވުމަށް އެދޭ ކަމަށެވެ.

ރައްކާތެރިކަމުގެ ފިޔަވަޅެއްގެ ގޮތުން ބޭސްސިޓީއަށް ރާއްޖެއަށް އިމްޕޯޓް ކުރާ ބޭސް ހާއްސަ ސަމާލު ކަމެއް ދީގެން ޕޯޓްތަކުގައި ބަލައިފާސް ކުރަމުން ގެންދާނެ ކަމަށް ވެސް އެމްއެފްޑީއޭއިން ބުނެއެވެ.

“ޑައިތެލީން ގްލައިކޯލް” އަދި “އެތަލީން ގްލައިކޯލް” ހިމެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން އެލާޓް ކޮށްފައިވާތީ ޔޫރަޕިއަން ރީޖަންގައި ދައުރުވަމުންދިޔަ ކުޑަކުދިންނަށް ދޭ ސިރަޕްތައް ކަމަށްވާ އެމްބޮރޮނޮލް ކަފް ސިރަޕާއި ޑޮކް-1 މެކްސް ކިޔާ ދިޔާ ބޭސް ވެސް ބޭނުން ނުކުރުމަށް މީގެ ކުރިން އެމްއެފްޑީއޭއިން ވަނީ އަންގާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ