ފުނަދޫ ފުޓުބޯޅަ ދަނޑު ރައީސް ސޯލިހު ހުޅުއްވާދެއްވައިފި

ޚަބަރު ފަހުގެ

ށ. ފުނަދޫގައި ތަރައްޤީކުރި ފުޓްބޯޅަ ދަނޑު ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ހުޅުއްވާދެއްވައިފިއެވެ.

ފުނަދޫގައި ސަރުކާރުން ތަރައްގީކުރި ފުޓުބޯޅަ ދަނޑު ރައީސް ހުޅުއްވައިދެއްވީ މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގެ ކެމްޕެއިނަށް މިހާރު ށ އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި މިއަދު މެންދުރު އެރަށަށް ވަޑައިގެންނެވެ.

އިޝްތިހާރު
އިޝްތިހާރު

ރައީސް ސޯލިހުގެ އަރިހުގައި ކުޅިވަރާއި ބެހޭ ވަޒީރު އަހުމަދު މަހްލޫފްވެސް ދަނޑު ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވިއެވެ.

ފުނަދޫ ފުޓުބޯޅަ ދަނޑަށްފަހު ދެން އޮތީ އެރަށު ވޮލީ ކޯޓުގެ މަސައްކަތް ކަމަށް ޔޫތު މިނިސްޓަރ އަހުމަދު މަހްލޫފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވިއެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ