ޤާސިމް ދެއްވި ހުރިހާ ސްޓޫޑެންޓު ލޯނެއް މަޢާފުކޮށްދެއްވައިފި

ޚަބަރު ފަހުގެ

ވިލާ ކުންފުނީގެ ޗެއާމަން، އޮނަރަބަލް ޤާސިމް އިބްރާޙީމްގެ ޚަރަދުގައި، ލޯނު ނަގައިގެން ކިޔަވަމުން ގެންދާ އަދި ކިޔަވާ ނިމި، ލޯނު ދައްކާ ނިމިފައިނުވާ ހުރިހާ ކުދިންގެ ލޯނު މަޢާފުކޮށްދެއްވައިފިއެވެ.

ސްޓޫޑެންޓު ލޯނުގެ ގޮތުގައި ޤާސިމް އަދި އެމަނިކުފާނުގެ ކުންފުނީގެ ފަރާތުން ހިންގާ ފައުންޑޭޝަނުން ދީފައިވާ ހުރިހާ ލޯނެއް މައާފުކޮށްދެއްވިކަން ޤާސިމް އިއުލާނުކުރެއްވީ، ކުރިއަށް އޮތް ރިޔާސީ އިންތިޚާބަށް އެކުލަވާލި ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރިޔާސީ މެނިފެސްޓޯ އިއުލާނުކުރުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

” ދަންނަވާލަން އަޅުގަނޑު މިއުޅެނީ، އެ ދުވަސްވަރު (ކޮވިޑުގެ ދުވަސްވަރު) އަޅުގަނޑު ވާނީ، ވިލާ ފައުންޑޭޝަނުން ވިލާ ސްކޮލަޝިޕުން ނުވަދަ ޤާސިމް އިބްރާހީމްގެ އެހީގައި، ސިއްހީ ދާއިރާއިން ތައުލީމު ހާސިލްކޮށްގެން ތިބި ކުދިންނަށް ލޯނު މައާފުކޮށްދީފަ. ޑޮކްޓަރުންނާއި ނަރުހުންނާއި މިހެންގޮސް ސިއްހީ ދާއިރާގެ ހުރިހާ ފީލްޑަކުން. މިރޭ އަޅުގަނޑު މައާފުކުރަން މި ނިންމީ، ” كُلُّهُمۡ أَجۡمَعُونَ “، (ހުރިހާ ދާއިރާއަކުން ކިޔަވަން ލޯނުނެގި ހުރިހާ ކުދިން) ގެ ލޯނުތައް ” ޤާސިމް އިބްރާޙީމް

ގާސިމް މީގެ ކުރީން ވަނީ ކޮވިޑް-19 ގެ ދުވަސްވަރު ވިލާގެ އެހީގައި ސިއްހީ ދާއިރާއިން ކިޔަވާފައި ތިބި މީހުންގެ ލޯނުތައްވެސް މާފުކޮށްދީފައެވެ.

ގާސިމް ވިދާޅުވީ ވެރިކަމަށް ވަޑައިގެން ލޯނުތައް މާފުކޮށްދެއްވާނެ ކަމަށް ވިދާޅުވާއިރު ދަރިވަރުން ކިޔެވުމަށް އެމަނިކުފާނު އަމިއްލަ އަށް ދޫކުރެއްވި ލޯނުތައް މާފުކޮށް ނުދީ އޮތުމަކީ ޒަމީރު ގަބޫލު ކުރައްވާ ކަމެއް ނޫން ކަމަށެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ