ތަރައްގީގެ މަޝްރޫއުތަކުގެ ހުރަހަކަށް ނުވާނަން: މުއިއްޒު

ޚަބަރު ފަހުގެ

ރައްޔިތުންނަށް ތަރައްގީ ގެނެސްދީ، ތަރައްގީ ދެކެ ލޯބިވާ މުޖްތަމައެއް އުފެއްދީ ކޮންގްރެސް ކޯލިޝަނުންކަމަށް އިދިކޮޅުގެ ރިޔާސީ ކެންޑިޑޭޓު މާލޭގެ މޭޔަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.

ޑރ. މުއިއްޒު މިފަދައިން ވިދާޅުވީ އިދިކޮޅުން މިއަދު އަތޮޅުތަކަށް ފަށާފައިވާ ކެމްޕެއިން ދަތުރުތަކުގެ ތެރެއިން ހދ. ހަނިމާދޫއަށް ވަޑައިގެން އެރަށުގެ ޕީޕީއެމްގެ ޖަގަހައިގައި ޕާޓީގެ މެންބަރުންނާ ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޑރ. މުއިއްޒު ވިދާޅުވީ ރަށަށް އަންނަން އޮތް އެއްވެސް ތަރައްގީއެއް ހުއްޓައިނުލައްވާނެކަމަށާއި މިހާރު ހިނގަމުންދާ އެއްވެސް ކަމެއް ހުއްޓައިލުމަކީ ތަރައްގީގެ ފިކުރުގައި ކުރާނެ ކަމެއް ނޫން ކަމަށެވެ.

“އަޅުގަނޑުމެން ނެތިން ރަށަށް އަންނަ އެއްވެސް ތަރައްގީއެއް އަދި މިހާރު ހިނގަމުންދާ އެއްވެސް މަސައްކަތެއް ހުއްޓާލާކަށް. ތަރައްގީގެ ފިކުރުގައި ކުރާނެ ކަންކަމެއް ނޫން. މި ޕާޓީއަކީ ތަރައްގީގެ ފިކުރުގެ ޕާޓީ. މި ރަށުގައި އެއާޕޯޓުގެ މަސައްކަތް އެބަ ކުރިއަށްދޭ. އެކަން ރަނގަޅަށް ގެންދެވޭނަމަ، ރަށަށް ފައިދާވާ ގޮތަށް ގެންދެވޭނަމަ ވަރަށް ފައިދާވާނެ.” ޑރ މުއިއްޒު

ޑރ. މުއިއްޒު ވިދާޅުވީ އެއާޕޯޓު މަޝްރޫއު މިހާރު ކުރިއަށް ގެންދަނީ އެންމެ ރަނގަޅަށް ނޫންކަމަށާއި އެ ޕްރޮޖެކްޓް މިހާރު ހިންގާ ގޮތަށް ވުރެ ރަނގަޅަށް އެ މަޝްރޫއު ކުރިއަށް ގެންދެވޭނެކަމަށެވެ.

ޑރ. މުއިއްޒު ވިދާޅުވީ ރަށަށް އެންމެ ފައިދާވާގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ އެންމެ ރަނގަޅު ގޮތްކަމަށާއި ޕީޕީއެމްއަކީ ތަރައްގީއަށް ލޯބި ކުރާ ތަރައްގީ ގެންނަން ބޭނުންވާ ބައެއް ކަމަށެވެ. އަދި އެކަން ރައީސް ޔާމީންގެ ފަސް އަހަރު ވާނީ ސާބިތުކޮށްދީފައި ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“ޕްރޮޖެކްޓްގެ ތެރެއިން ގެނެވޭ ތަކެއްޗަކީ މިރަށުގައި ލިބޭ އެއްޗެހި ކަމަށްވަންޏާ މިރަށުން އެ ސޯސް ކުރެވޭގޮތަށް ކަންކަން ވަންޏާ ރަށަަށް ވިޔަފާރިއަށްވެސް ފައިދާ ވާނެ، އެ ޕްރޮޖެކްޓްގެ ވަޒީފާ ދެވޭ ފަރާތްތަކަކީ އޭގެ ވަކި އިންސައްތައެއް ނަމަވެސް މިރަށުގެ ރައްޔިތުންނަށް ދެވޭ ވަޒީފާއެއް ވެއްޖެއްޔާ މިރަށަށް ފައިދާ ވާނެ” ޑރ. މުއިއްޒު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ