ބީއެމްއެލްގެ ކްރެޑިޓް ކާޑުތަކުގެ ލިމިޓް އިތުރު ކުރަން ނިއްމައިފި

ޚަބަރު ފަހުގެ

ކްރެޑިޓް ކާޑުން ރާއްޖޭން ބޭރުގެ އޮންލައިން މުއާމަލާތް ކުރުމަށް ކާޑުގެ ލިމިޓް އިތުރު ކުރުމަށް ބޭންކް އޮފް މޯލްޑިވްސް(ބީއެމްއެލް) ނިއްމައިފިއެވެ.

ބިއެމްއެލްއިން ދޫކޮށްފައިވާ ހުރިހާ ޑެބިޓް އަދި ކްރެޑިޓް ކާޑުގެ ތެރެއިން ކޮންމެ ކާޑަކުން މަހެއްގެ މައްޗަށް ރާއްޖޭން ބޭރުގެ މުއާމަލާތްކުރެވޭނެ އަދަދަކީ 250 ޑޮލަރު ކަމުގައި އެކުންފުނިން މިދިޔަ ބުދަ ދުވަހު ވަނީ ކަނޑައަޅައިފައެވެ.

އިޝްތިހާރު
އިޝްތިހާރު

ނަމަވެސް ބީއެމްއެލް އިން މިއަދު ވިދާޅުވީ، ކަނޑައެޅިފައިވާ 250 ޑޮލަރަށް ވުރެ އިތުރަށް ރާއްޖޭން ބޭރުގެ އޮންލައިން ޓްރާންސެކްޝަން ހެދުމަށް ޔޫއެސް ޑޮލަރުން ކްރެޑިޓް ކާޑަށް ފައިސާ ދެއްކުމަށްފަހު ލިމިޓް އިތުރު ކުރުމަށް އެދި ހުށަހަޅޭނެކަމަށެވެ.

އެގޮތުން ބީއެމްއެލް އިން ވިދާޅުވީ، ލިމިޓް އިތުރުކުރުމަށް އެދި ހުށައަޅާއިރު، ސަރވިސް ޓައިޕްގެ ގޮތުގައި ޓެމްޕޮރަރީ ކާޑް ލިމިޓް ޑޮރޮޕްޑައުން މެނޫ އިން ހިޔާރުކުރުމަށެވެ. އަދި މި ގޮތަށް އެދި ހުށަހެޅުމުން 24 ގަޑިއިރުތެރޭ ޕްރޮސެސްކުރުމަށްފަހު، ލިމިޓް ހަމަޖެހުމުން ބޭންކުން ކަސްޓަމަރަށް ގުޅާނެކަމަށް ބީއެމްއެލްއިން ވިދާޅުވިއެވެ.

ބީއެމްއެލްއިން އިތުރަށް ވިދާޅުވީ، ރާއްޖޭގައި ކުރެވޭ މުއާމަލާތްތަކަށް ކާޑުގެ މެކްސިމަމް ލިމިޓާ ހަމައަށް ކްރެޑިޓް ކާޑު ބޭނުންކުރެވޭނެކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ