ޓިއާމޯ އެފްސީ ފުނަދޫ ޔުނިޓީ ކަޕް ވެޓެރެންސް ފުޓްސަލް މުބާރަތުގެ ފައިނަލަށް

ކުޅިވަރު ފަހުގެ

ށ. ފުނަދޫގައި ފޯރިޔާއެކު މިހާރު ކުރިޔަށްދާ ޔުނިޓީ ކަޕް 2020 ވެޓެރެންސް ފުޓްސަލް މުބާރާތުގެ ފައިނަލުގެ ފުރަތަމަ ޖާގަ ޓިއާމޯ އެފްސީ ކަށަވަރު ކޮށްފިއެވެ.

ރޭ ކުޅެވުނު ސެމީ ފައިނަލްގެ ފުރަތަމަ މެޗުގައި ކުޅުނީ  ޓިއާމޯ އެފްސީ އާއި ޑެޑީސް އެފްސީ އެވެ. މި މެޗު 6-3 ކާމިޔާބުކުރީ ޓިއާމޯ އެފްސީ އެވެ. ޓިއާމޯ އެފްސީގެ ލަޑުތައް ކާމިޔާބު ކޮށްދިނީ  ހުސައިން ޝިޔާމް 2 ލަނޑު، އަބްދުއްރަހީމް 1 ލަނޑު، އިބުރާހިމް ޝިހާމް 1 ލަނޑެވެ. އަނެއް 2 ލަނޑަކީ ޑެޑީސް އެފްސީގެ ޒަހީން އަދި އައްމަޑޭ އަތުން ބައިކޮޅަށް ވަތް 2 ލަނޑެވެ. ޑެޑީސް އެފްސީގެ ލަޑުތައް ކާމިޔާބު ކޮށްދިނީ އައްމަޑޭ، އާއި ޔޫއްޓޭ އެވެ. އައްމަޑޭ 2 ލަޑު ކާމިޔަބު ކުރިއިރު ޔޫއްޓޭ ވަނީ 1 ލަޑު ޖަހައި ދީފައެވެ.

އިޝްތިހާރު
އިޝްތިހާރު

މި މެޗުގެ މޮޅު ކުޅުންތެރިއަކަށް ހޮވުނީ ޓިއާމޯ އެފުސީގެ ހުސައިން ޝިޔާމް އެވެ.

ފިރިހެން ސެމީ ދެވަނަ މެޗު ކުޅުމަށް ހަމަޖެހިފައި ވަނީ މާދެމާރޭ އެވެ. ބައްދަލުކުރާނީ ފުރަތަ ސެމީ ފައިނަލުން ބަލިވި ޑެޑީސް އެފްސީ އާއި އެފްސީ ފަޤީރާ (ޅައިމަގު) އެވެ.

މިރޭ މި މުބާރަތުގެ އަންހެން ފައިނަލް މެޗް ކުޅުމަށް ތާވަލް ކޮށްފައިވެއެވެ. އަންހެން 4 ޓީމްވާދަކުރި މިމުބާރާތުގެ ފައިނަލްގައި ވާދަކުރާނީ ކޮންމެ ޓީމެއް ކޮންމެ ޓީމަކާއި ވާދަކޮށް އެންމެ ގިނަޕޮއިންޓް ހޯދި ދެޓީމް ކަމަށްވާ އަންމޯ އައްޕޯ އާއި ތޭރަތިރީސް އެވެ.

ފޮޓޯ : ޔުނިޓީ ކަޕް ފޭސްބުކް ޕޭޖް 

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ