ޖިންނި ބަލި ނުވަތަ ސިޙުރު ޖެހިއްޖެނަމަ އެނގޭނީ ކިހިނެއް؟

އިޖުތިމާޢީ ފަހުގެ ދީން ޞިއްހަތު

ޖިންނި މޮޔަ އަކީ ވާއެއްޗެއްކަން ޤުރުއާނުން ވަރަށް ސާފު ކޮށް އެނގޭ! މިއީ ދޮގު ނުކުރެވޭނެ ﷲ ގެ ބަސްފުޅު.
الَّذِينَ يَأْكُلُونَ الرِّبَا لَا يَقُومُونَ إِلَّا كَمَا يَقُومُ الَّذِي يَتَخَبَّطُهُ الشَّيْطَانُ مِنَ الْمَسِّ ۚ ﴿البقرة(275
މާނައީ: ރިބާކާމީހުން، ޖިންނި މޮޔަވެގެން، ޝައިޠާނާ ތަޅުވަމުން ފޮޅުވަމުން ގެންދާ މީހަކު ތެދުވާ ފަދައިން މެނުވީ (ޤިޔާމަތްދުވަހުން އެއުރެން ކަށްވަޅުން) ނުތެދުވާނެއެވެ.

ﷲ ލައްވާފައި ނުވާ ކަމަކުން އެކަލާނގެ ފޮތުގައި މިސާލު ނުޖައްސަވާނެކަން ކަށަވަރެވެ. ކިތަންމެ ބަޔަކު ދޮގު ކުރިޔަސް ﷲ ޖިންނި މޮޔަވުމުގެ މިސާލުން ރިބާކާމީހުނާ މެދު މިސާލު ޖައްސަވާނީ ޖިންނި މޮޔަވުމަކީ ލައްވާފައިވާ ކަމަކަށް ވާތީއެވެ. ﷲ ގެ ބަސްފުޅުތައް ފުރިހަމައަށް ޤަބޫލު ކުރާ ބަޔަކަށް ވަމާ ހިންގަވާށެވެ.

އިޝްތިހާރު
އިޝްތިހާރު

ޖިންނި ބަލި ނުވަތަ ސިޙުރު ޖެހިއްޖެނަމަ އެނގޭނީ ކިހިނެއް؟

ސިޙުރު އަދި ޖިންނި ބަލީގެ ބައެއް ޢަލާމާތްތައް:

  • ނަމާދު ކުރުމާއި ޤުރުއާން ކިޔެވުމާއި ދުރުހެލިވުން، މިކަންކަން ކުރާހިތްނުވުން އަދި ކުރާއިރު އުނދަގޫވުން.
  • ޣާފިލުވުން (މިހެންވާނަމަ ގިނަގިނައިން أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ) ކިޔާށެވެ. އަދި ކޮންމެދުވަހަކު 11 ފަހަރު كَافِرُون ސޫރަތް ކިޔަވާށެވެ. މިގޮތަށް މެދުނުކަޑައި މަދުވެގެން 11 ދުވަހު ޢަމަލު ކުރާށެވެ.

އިރާދަކުރެއްވިއްޔާ އަޅުކަމާ މަޝްޢޫލުވާހިތްވެ ނަމާދާއި ގާތްވާހުއްޓެވެ.

  • ޢާއްމުކޮށް ބޮލުގައި ރިހުން (މެންދުރުވެގެން އަންނަ ވަގުތު އަދި ބޮޑަށް އިރުއޮއްސިގެން އަންނަ ވަގުތު ވަކިން ބޮޑަށް ރިހުން) އަދި ބޮލުގައި މީހަކު ހިފާފަ ހުންންގޮތަށްވެ ބަރުޖެހުން.
  • ހުވަފެނުގައި ތަންތަނުން ވެއްޓޭތީފެނުން، ޢާއްމުކޮށް އުސްތަންތަނުން ވެއްޓޭތީފެނުން (އަދި ހޭލެވޭއިރު ވެއްޓެން ދާގޮތަށް ވުން.)
  • މީހާ މަޑުނެގިވެފައި ހުރުން (ކަންކަން ކުރާހިތްނުވުން، މަސައްކަތްކުރާހިތްނުވުން ކަންކަމުގައި އަޅައިނުގަނެ ހަރަކާތް ލަސްވުން).
  • ފާޚާނާގައި ގިނައިރުވުން، ފާޚާނާ ކުރާވަގުތު އަމިއްލަ ހިތާ ނުވަތަ އަމިއްލަ އަމިއްލައަށް ވާހަކަދެއްކުން.
  • އަންހެނެއްނަމަ ޙައިޟު ގެ މައްސަލަ އާއްމުކޮށްޖެހުން. (މާގިނައިން ވުން، ވެފަ އަވަހަށް ރަނގަޅުނުވުން)
  • ދެމަފިރިންގެ އެއްވެސް ޖިސްމާނީ މައްސަލައެއް ނުވަތަ ޑޮކްޓަރީ ބައްޔެއްނެތި ކިތަންމެ މަސައްކަތް ކުރިނަމަވެސް ދަރިން ނުލިބުން.
  • ހުވަފެންތެރޭގައި ޖިންނީން ފެނުން އެތަކެއްޗާ ތަޅާފޮޅާތީ ނުވަތަ މުޢާމަލާ ކުރާތީ ފެނުން. ބިރުވެރި ހުވަފެން ޢާއްމުކޮށް ފެނުން. ޢައުރަ ނިވާނުކޮށް ތިބޭމީހުން ގިނައިން ފެނުން، ހަރުފަ ބުޅާ ފަދަ ޖަނަވާރު ފެނުން ބިރުވެރި ސިފައިގައި ތިބޭ މީހުން ފެނުން. ތަންތަނުން ވެއްޓޭތީ ފެނުން.
  • ހޭލެވޭއިރު ވަރުބަލިވެ ބިރުގަނެ ހާސްވުން. ހަމަނިދި ނުނިދުން. ނިދަން އުނދަގޫވުން. ޢާއްމުކޮށް ދަންވަރަށް ނުނިދިގެން އުޅުން.
  • ނިދީގައި ބާރަށް ވާހަކަދެއްކުން. ބާރަށް ގުގުރިދެމުން، ނިދީގައި ރޮވުން.
  • ނިދީގައި ކުއްލިއަކަށް ސިއްސައިގެން ގޮސް ހޭލެވުން.
  • އެކަނި އިންނަ ވަގުތު ސިއްސަސިއްސައިގެން ދިޔުން.
  • ގިނައިން އެކަނިވެރިވުން / އެކަނި މީހުން ނޫޅޭތަންތާގައި މާގިނައިން އިންނަ ހިތްވުން. ކަމަކާ ނުލައި ފިކުރު ބޮޑުވުން، އަދި ހާސްވުން. އެކަނި ހުންނައިރުވެސް ކައިރީ މީހަކު އުޅޭހެން ހީވުން.
  • ޒިނޭކުރާތީ ޢާއްމުކޮށް ހުވަފެނުގައި ފެނުން އަދި މިފަދަ ހުވަފެނުންހޭލެވޭ އިރު ޝަހުވަތްތެރިވުން ނުވަތަ އެދުން ފުދިފައި އޮތުން. ނުވަތަ އެމީހަކު މިފަދަކަމެއް ކުރަން ހިތްކިޔާ މީހަކާއެކު މިފަދަ ގޮތަކަށް މާގިނައިން ފެނުން.
  • ކާހިތްނުވުން، ކެއުމުގައި އުނދަގޫވުން ނުވަތަ އާދަޔާ ޚިލާފަށް ގިނައިން ކެވުން. ކިތައްމެވަރަށް ކެއަސް ބަނޑުހައިހޫނުކަން ނުފިލުން ނުވަތަ މާއަވަހަށް ބަނޑުހައިވުން.
  • ފާޚާނާ ކުރާއިރު މީހަކު ހުންނަހެންހީވުން/ފެންވަރާއިރު މީހަކު ބަލަން ހުންނަހެން ހީވުން.
  • މާގިނައިން މީހަކު ގައިގައި އަތްލާހެން ހީވުން (ޢާއްމުކޮށް އެކަނި އުޅޭވަގުތު) އަދި ގޮވާހެން ހީވުން.
  • ގައިގެ ތަންތަން ހޭލާއިރު ރަތްވެފައި ހުރުން، ނުވަތާ ނޫފާވެފައި ހުރުން ނުވަތަ ވަކިދެމިފައި ހުރުން ނުވަތަ ފިހިފައި ހުންނަހެން ހުރުން.
  • ސާފުތާހިރުކަމާ ދުރުވުން، ފެންވަރާހިތްނުވުން.
  • އަނދިރީގައި އުޅޭހިތްވުން، / މާބޮޑަށް ބިރުގަތުން އަދި އެކަނިވާނަމަ ބިރުގަތުން.
  • މާބޮޑަށް ހަނދާންނެތުން، ކުރަން އުޅޭކަންތައްވެސް އެވަގުތެއްގައި ހަނދާންނެތުން.
  • ސަބަބަކާނުލައި ގައިގެ އެކިތަންތާގައި ރިއްސުން. ރިހުން އެކިފަހަރު އެކިތަނުގައި ހުރުން.
  • ގައިގެ ތަންތަނުން ދިލަނެގުން، ކުރިމަތިފަރާތުން ދިލަނެގުން، ކުޑަކަމުދިއުމުން ދިލަނެގުން.
  • ދެމަފިރިން ޖިމާޢު ވާއިރު ދިލަނެގުން ، ރިހުން، ނުވަތަ ޖިމާޢުވެ ނިމުމުން އާދަޔާ ޚިލާފަށް މިފަދަ ކަމެއްވުން.

މިއީ ސިޙުރު ނުވަތަ ޖިންނީގެ ބައްޔެއް ޖެހިފައިވާ މީހުންގެ ކިބައިން ފެންނާނެ ބައެއް ޢާއްމު ޢަލާމާތެވެ. މިނޫންވެސް އެކި އެކި ތަފާތު އަލާމާތް ތަފާތު ވައްތަރުގެ ސިޙުރުގެ އަދި ޖިންނީގެ ޢަލާމާތްތައް ވެއެވެ. ދަންނަންޖެހޭ ޙަޤީޤަތަކީ މީގެން ޢަލާމާތެއް މީހެއްގައި ހުންނަ ކޮންމެ ފަހަރަކު އެއީ ޖިންނި ބަލި ނުވަތަ ސިޙުރު ކަމުގައި ނުވެދާނެއެވެ. އެހެންކަހަލަ ބައްޔެއްގެ ސަބަބުންވެސް މިފަދަ ޢަލާމާތެއް ފެނުން އެކަށީގެންވެއެވެ. ޖިންނި ނުވަތަ ސިޙުރު ކަމުގައި ބެލެވޭނީ ޖުމްލަކޮށް ހުރިހާ ޢަލާމާތްތަކަކަށް ބަލައިގެނެވެ. އަދި ރުޤުޔާ އަޑުއެހުމުން މިފަދަ ކަމެއް ހުރިނަމަ އުނދަގުލެއްވާނަމައެވެ.

މަސްދަރު : މައިތިރި.ކޮމް ވެބްސައިޓް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ