ފޯކައިދޫން ފުލުހަކު ކޮވިޑަށް ޕޮޒިޓިވް ވެއްޖެ

ޚަބަރު ފަހުގެ

ށ. ފޯކައިދޫ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު ކޮވިޑްއަށް ޕޮޒިޓިވްވެއްޖެއެވެ.ފޯކައިދޫން މިއަދު ކޮވިޑްއަށް ޕޮޒިޓިވްވެފައިވަނީ ޕޮލިސް ކޭސް އާއި ގުޅުންހުރި ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި އެކަހެރިކޮށް ނެގި 6 ސާމްޕަލްގެ ތެރެއިން 1 ސާމްޕަލެކެވެ.

ކުޅުދުއްފުށީ ޕޮލިސް ސްޓޭޝަންގައި މަސައްކަތްކުރާ ފުލުހަކު މިމަހުގެ 5 ވަނަ ދުވަހު ކޮވިޑްއަށް ޕޮޒިޓިވް ވެފައިވާއިރު، އެކޭސް އާއި ގުޅިގެން ކުރިއަށްގެންދިޔަ ކޮންޓެކްޓް ޓްރޭސިންގައި ތިލަދުންމަތީގައި މަސައްކަތްކުރާ ގިނަ އަދަދެއްގެ ފުލުހުން ވަނީ އެކަހެރިކޮށްފައެވެ.

އިޝްތިހާރު
އިޝްތިހާރު

އަދި އޭނާގެ ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ކުޅުދުއްފުށިން ނެގި 10 ސާމްޕަލްގެ ތެރެއިން 2 ސާމްޕަލް ޕޮޒިޓިވް ވެފައިވާއިރު، އެއީވެސް ދެ ފުލުހުންނެވެ.

ކޮންޓްރެކްޓް ޓްރޭސިންގެ މަސައްކަތް މިހާރު ނިމިފައިވާއިރު ޑައިރެކްޓް ކޮންޓެކްޓުންގެ ގޮތުގައި ފާހަގަކުރެވުނު 150 މީހަކު އެކަހެރިކޮށްފައިވާއިރު އޭގެ ތެރޭގައި ހިމެނެނީ 84 ފުލުހަކާއި އާންމުގެ ތެރެއިން 66 މީހެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ