ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެ

ކުޅިވަރު ފަހުގެ

ކްރިސްޓިއާނޯ ރޮނާލްޑޯ ކޮވިޑު-19 އަށް ޕޮޒިޓިވް ވެއްޖެއެވެ. އުމުރުން 35 އަހަރުގެ ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވެފައިވާކަން ޕޯޗުގަލްގެ ފުޓްބޯޅަ އެސޯސިއޭޝަނުންވަނީ ކަށަވަރުކޮށްދީފައެވެ.

ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޮނާލްޑޯ މިހާރުވަނީ ސެލްފް އައިސޮލޭޝަންގައެވެ. އަދި ޔޫއެފާ ނޭޝަންސް ލީގުގައި ސްވިޑަންއާއި ދެކޮޅަށް ކުޅުމަށް ޕޯޗުގަލްއިން ތައްޔާރުވަމުން އަންނައިރު، މާދަމާ ރޭ ކުޅޭ އެމެޗުގައި ރޮނާލްޑޯއަކަށް ނުކުޅެވޭނެއެވެ.

އިޝްތިހާރު
އިޝްތިހާރު

ރޮނާލްޑޯ ކޮވިޑަށް ޕޮޒިޓިވްވިނަމަވެސް ބަލީގެ އެއްވެސް އަލާމާތެއް އޭނާގެ ކިބައިން ނުފެންނަކަމަށްވެސް ރިޕޯރޓްތައް ބުނެއެވެ.

ޕޯޗުގަލް ފުޓްބޯޅަ އެސޯސިއޭޝަނުން ބުނީ، ކޮވިޑް-19 އަށް ޕޮޒިޓިވްވުމާއި ގުޅިގެން ރޮނާލްޑޯ ސެލްފް އައިސޮލޭޓް ކުރެވިފައިވާކަމަށާއި، އަދި ސްވިޑަންއާއި ދެކޮޅަށް ކުޅޭ ޕޯޗުގަލްގެ ޓީމުގައި ރޮނާލްޑޯ ނުހިމެނޭނެކަމަށެވެ.

އަދި ރޮނާލްޑޯ ޕޮޒިޓިވްވުމާއި ގުޅިގެން ޕޯޗުގަލްގެ އެހެން ކުޅުންތެރިން މިއަދުގެ ހެނދުނު ވަގުތެއްގައި ކޮވިޑަށް ޓެސްޓްކުރެވިފައިވާކަމަށާއި، އެހުރިހާ ކުޅުންތެރިންގެ ނަތީޖާވެސް ނެގެޓިވްކަމަށް އެއެސޯސިއޭޝަނުން ބުނެއެވެ. އަދި މިއަދު މެންދުރުފަހު ޕޯޗުގަލްގެ ފަރިތަކުރުންތައްވެސްވަނީ ފަށާފައެވެ.

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ