ފުރިހަމަ ސިއްހަތެއްގައި ތިބުމަށް ކަސްރަތު ކުރުމަކީ ވަރަށްވެސް މުހިންމު ކަމެކެވެ. ކަސްރަތު ކުރަން ވާނީ އެކަމުގެވެސް އިލްމު އުގެނިގެންނެވެ. ނޫންނަމަ ފޫނުބެއްދޭ ވަރުގެ ގެއްލުމެއް ވެދާނެއެވެ.
މިހެން ބުނުމުން އުފެދޭނެ އެއް ސުވާލަކީ ކޮންމެ ފަހަރަކު ޓްރޭނަރެށް ހޯދާނީ ކިހިނެއް؟ މި ސުވާލު ގެ ޖަވާބު ވަރަށް ފަސޭހައެވެ. މިއޮތީ އެކަމަށް ފަހި ފުރުސަތެކެވެ.ގެޓް ފިޓް ވިތް ފިރުދައުސްގެ ދެވަނަ ބުރުގައި ބައިވެރިވާން މިވަނީ ފުރުސަތު ހުޅުވާލާފައެވެ. މިއީ ފުރިހަމަ ސިއްހަތެއްގައި ހުރުމަށް ލޯބި ކުރާ މީހުންނަށާއި، ހަށިގަނޑު ހިއްކާލުމަށް ބޭނުންވާ މީހުނަށް، ޓްރޭނަރަކާއިއެކު މިކަންކަން ކޮށްލުމަށް ލިބޭ ރަނުގެ ފުރުސަތެއް ނޫން ހެއްޔެވެ.
ގޮށްކޮޅަށް މައުލޫމަތު ދެއްވަމުން ފިރުދައުސް ވިދާޅުވީ 22 ބައިވެރިންނާ އެކުގައި 3 މަސްދުވަހުގެ ކާމިޔާބު ކޭމްޕެއް ނިންމާލެވުނުއިރު، މިފަދަ އެހެން ކޭމްޕެއް ބާއްވައިދޭން ވަރަށް ގިނަފަރާތްތަކުން އެދުނުކަމަށެވެ.
” ގިނަ ފަރާތް ތެކެއްގެ އެދުމުގެ މަތިން މިފަހަރުވާނީ ބޮޑު ބަދަލެއްވެސް ގެނެސްފައި، އެއީ ހަފުތާގެ 5 ދުވަހު ކުލާސް އަދި 3 ދުވަހުގެ ކުލާސް ނަގާގޮތަށް، 3 ދުވަހުގެ ކުލާސް ނަގާ ފަރާތްތަކަށް ފީއެއްގެ ގޮތުން މަހަކު 300 ރުފިޔާ އަދި 5 ދުވަހު ކުލާސް ނަގާ ފަރާތްތަކުން މަހަކު 500 ރުފިޔާގެ ފީއެށް ދަކަން ޖެހޭނެ” ކަމަށް ފިރުދައުސް ވިދާޅުވިއެވެ.
ކަސްރަތު ކުލާސް ފެށުމުން ދިރިއުޅުމުގެ ހުރި ބައެއް އާދަތައް ބަދަލު ކުރަން ޖެހޭނެ ކަމަށާ އެގޮތުން %70 އަކީ ޑައިޓް ކަމަށާއި %30 ވޯކްއައުޓް ކަމަވެސް ފިރުދައުސް ވިދާޅުވިއެވެ.
ގެޓް ފިޓް ވިތް ފިރުދައުސްގެ ފުރަތަމަ ކޭމްޕަށް ނަޒަރެއް
ލިބެންހުރި މަދު ވަސީލަތްތަކާއެކު ހަނިމާދޫގައި ފެށި ” ގެޓް ފިޓް ވިތް ފިރުދައުސް ” ކަސްރަތު ކޭމްޕަށް 22 ބައިވެރިންނާ އެކު ފެށީ ޖުލައި 16 ވަނަދުވަހު ހަވީރު 16:00 ގައެވެ. ދުވާލަކު 1 ގަޑިއިރުގެ ކުލާސް ގެންދާން ގޮތަށް ރޭވިފައި ވާ މި ކުލާސްތައް އެ ދުވަސް ތަކުގައި ދިގުލާ 2 ގަޑިއިރުވެސް ދެމިގެން ދެއެވެ. ކާޑިޔޯ އަދި އެކްސަސައިޒު ހިމަނާ ކުރިއަށްދިޔަ ކުލާސްތައް ވަނީ މެދު ކެނޑުމެއްނެތި ބާރާބަރު 3 މަސްދުވަސް ފުރިހަމަ ކޮއްފައެވެ . ގިނަ ބައިވެރިން މި ކުލާސް ތަކުން ހާސިލް ކުރަން ބޭނުން ވި ޓާގެޓް ވަނީ ހާސިލް ކޮއްފައެވެ.
ކޭމްޕު ފެށިއިރު ބައިވެރިންގެ ބަރުދަން ހުރީ 100 އާއި 90 އާ ދެމެދުއެވެ. ނިންމާލި އިރު 10 ކިލޯ އުނި ކޮށްލެވުނު ބައިވެރިން ގިނައެވެ. ގޮށްކޮޅުގެ ފަރާތުން ކޭމްޕުގެ ބައިވެރިންނާ ސުވާލު ކޮށްލުމުން ބައިވެރިންގެ ޝުއޫރު ތަންވަނީ ހާމަ ކޮށްފައެވެ.
ކަސްރަތުގެ މާހައުލުން ލިބުނު ހާނިކައަކަށް ވަކި ގޮތަކަށް ކަސްރަތު ކުރަން ޖެހިފައިވާ ފަރާތެއް ބުނީ ފިރުދައުސް ވަރަށް ރަނގަޅަށް ބުނެދޭ ކަމަށާއި އަދި ބުނެދޭ އެތި ފުރިހަމަޔަށް ހަދާތޯ ޔަގީން ކުރާކަމަށެވެ. ބުނާ ގޮތަށް އަމަލު ކުރަން ފެށުމުން ވަރަށް ބޮޑުތަން ލުއިވި ކަމަށެވެ .
އެއްވެސް ވަރަކަށް ނުކެރި، ލަދުން ނުހުރެ ކަސްރަތުކުރަން ފަށަންވީ ކަމަށާ ، މިހެން ގިނަބަޔަކު އެކުގައި ކަސްރަތު ކޮށްލަން އުޅުމުން ވަރަށް ހިތްމަޖެހޭ ކަމަށް އިތުރު ބައިވެރިޔަކު ބުންޏެވެ.
“މިއީ އުމުރަށް ބަލައިގެން ކުރާން އޮތް ކަމެއް ނޫންކަމަށާއި ، ހުރިހާ އުމުރުފުރާ ބައިވެރި ވެލަން ރަނގަޅު ކުލާހެއް މީ ، ހިތާމަޔަކީ މިކަމާ އެކަށޭނަ ތަނެއް ނެތުން، ކޮންމެ އިންތިހާބަކަށް އައުޓްޑޯ ޖިމެއް އަޅައިދޭނެ ، އެ ތަން ލޮލަކަށް ނުފެނޭ، ކޮންމެ އިންތިހާބަކު އެ އަޅައިދޭން ބުނާތައް ވީ އެންމެއަވަހަކަށް ބޭނުންކުރަން ލިބޭނަމަ މިފަދަ ކުލާސްތަކަށްވެސް ކުރިއެރުން ލިބޭނެ” އިތުރު ބައިވެރިޔަކު ސުއޫރުތައް ހާމަކުރަމުން ބުންޏެވެ.
ފިރުދައުސް ގަޑިއަށް ފަރުވާތެރި ކަމާއި ކުލާސް ގެންދާ ގޮތަށް ކުލާސްހުގެ ބައިވެރިން ތިބީ ހިތްހަމަޖެހިގެންނެވެ . ނަގާ ފީއާއި ބޭހޭގޮތުން ސުވާލު ކޮށްލުމުން ބައިވެރިން ބުނީ ފީ ބޮޑު ނޫންކަމަށާއި ފަހަރުގައި ކޮވިޑް 19 ދުވަސް ވަރުވުމުން ބައެއް ފަރާތަކަށް ބޮޑުވެދާނެ ކަމަށެވެ.
ގެޓް ފިޓް ވިތް ފިރުދައުސް ދެވަނަ ބޫޓްކޭމްޕްގައި ބައިވެރިވުމަށް ބޭނުންވާ ފަރާތް ތަކުން ނަންނޯޓު ކުރެއްވުމަށް 9967567 މިނަންބަރާއި ގުޅުއްވުމުން ނަންނޯޓުކުރުމުގެ ކަންތައް ހަމަޖެހިގެން ދާނެއެވެ.
ފޮޓޯ: ގެޓް ފިޓް ވިތް ފިރުދައުސް