ޤައުމެއްގެ ޙާލު

ޅެން އަދަބިއްޔާތު މުނިފޫހި ފަހުގެ
         ޤައުމެއްގެ ޙާލު
 - ޢަލީ ނައުފަލް، އޯކިޑުމާގެ / ށ.ޅައިމަގު -

ތަދާ، އަނިޔާގެ ހަރު އަތްތިލަ އަޅައި ރަހުމުގެ ދެކަންފަތުގާ
އަދާވަތުގާ ހިނގާ ޒުލްމުން ދެމުން ބޮސް އޭގެ ތުންފަތުގާ
ލަދާ، އިންސާނިޔަތު ނެތިފާ، އުޅޭ އެވެރީންގެ ޢިއްޒަތުގާ

އަރާމާ، ޣަފުލަތަށް އެއުރެން ރުކޫޢު ސުޖޫދުތައް ކުރެޔޭ
ހަރާމުގެ އެންމެ އުސް ކުންނުން ހަޔާތަށް ޖާގަ ހުސްކުރެޔޭ
މަރާ ހަނގުރާމަ ކުރަމުންދޭ، ކަރާމަތު އޭގެ ހުރުމަތުގާ

އިޝްތިހާރު
އިޝްތިހާރު

ނިދާލަން ކުށްކުށަށް ލިބެޔޭ އެތައް ސަފުހާގެ ފޮތްފޮތުގާ
ފިދާވެ ދެޔޭ ހިމާޔަތުގާ ބަޔަކު ގުރުބާންވެ ގޮތްގޮތުގާ
ތަދާއެކު ލައިފި ފަހުނޭވާ އަދާލަތު ފަހު ދެ ފޮޅުވަތުގާ

ޖެހޭ ޚަންޖަރުތަކާ ވަޅިޔާ އެއީ ޢަދުލާއި އިންސާފޭ
އޮހޭ ކަރުނާ، ފުރާނަ، ލެޔާ، ކުރީ ބޭކާރު އިސްރާފޭ
ފިހޭން ހޫނުން އެ ހުރަގޭގާ އޮތީ ވަހުދަތު ކިބަޅި ބިތުގާ

         ☆☆☆☆☆☆☆☆

ހިތާމައިގާ މިތަން ދެކެފާ ހިތާ މޭ ވިރި ހިނގައްޖެ މޮޅިން
ނިތާ މޫނާ ވަތަށް ޖެހިގޮސް ފިތާ ލަގޮނޑީގެ ބާރު މުޅިން
ހިތާ ނައުފަލްގެ ލޭ ޤުރުބާން! މިތާ ދީބުގެ ހިމާޔަތުގާ
_

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ