130 ކިލޯގެ ޑުރަގް އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުވާ ޝަހީބު ކޯޓުން ދޫކޮށްލައިފި

ޚަބަރު ފަހުގެ

ހުޅުމާލޭ ފަޅުތެރޭގައި އޮތް ކަންނެލި ދޯންޏަކުން ފެނުނު 130 ކިލޯ މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް ހުރި ކަމަށް ތުހުމަތުކޮށް ހައްޔަރުކުރި ޕީއެންސީގެ ކައުންސިލް މެމްބަރު ޝަހީބު އިބްރާހިމް ކޯޓުން ދޫކޮށްލައިފި އެވެ.

އެ މައްސަލައިގައި ޝަހީބާއި އިތުރު ހަތް މީހަކު ހައްޔަރު ކޮށްފައިވަނީ މިމަހުގެ 14 ވަނަ ދުވަހު އެވެ. އޭނާގެ ބަންދުގެ މުއްދަށް ފުރަތަމަ ޖެހީ 15 ދުވަހެވެ. އަދި ޝަހީބު ދޫކޮށްލަން ކޯޓުން އަމުރުކުރީ އޭނާގެ ބަންދުގެ މުއްދަތު ހަމަވާތީ ބަންދާމެދު ގޮތެއް ނިންމުމަށް މިއަދު ކޯޓަށް ހާޒިރުކުރުމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ފުލުހުން މިއަދު ބުނީ، އޭނާ ދޫކޮށްލާފައިވަނީ ތަހުގީގަށް މިހާރު އިތުރަށް ލިބިފައިވާ ހެއްކާއެކު ކޯޓަށް ހުށަހަޅާފައި ވަނިކޮށް ކަމަށެވެ.

އެ މައްސަލައިގައި ދެން ހައްޔަރުކުރި މީހުންގެ ތެރޭގައި ހިމެނެނީ 25 އަހަރާ 48 އަހަރާ ދެމެދުގެ ފިރިހެނުންނާއި 18 އަހަރުން ދަށުގެ ކުޑަކުއްޖެކެވެ. އަދި މަސްތުވާތަކެތި އެތެރެކުރުމުގައި ޝަހީބުއާއެކު ދެން އެންމެ އިސްކޮށް ހަރަކާތްތެރިވި ކަމަށް ތުހުމަތު ކޮށްފައިވަނީ ވައިލެޓްވިލާ/ ހއ. ހޯރަފުށި، އަހްމަދު މޫސާ އެވެ. އޭނާގެ ބަންދުގެ މުއްދަތު މިމަހުގެ 18 ވަނަ ދުވަހު ވަނީ އިތުރުކޮށްފަ އެވެ.

ކުރީ ސަރުކާރުގައި ހައުސިންގް މިނިސްޓްރީގެ ކޯޑިނޭޓަރުކަން ކުރި ޝަހީބަކީ ޕީއެންސީގެ ކައުންސިލް މެމްބަރެކެވެ. ނަމަވެސް މިކަން ފެންމަތިވުމުން އެޕާޓީން ވަނީ އޭނާ ސަސްޕެންޑު ކޮށްފަ އެވެ.

ފުލުހުން ބުނެފައިވާ ގޮތުން، ޝަހީބަކީ 2019 ނޮވެމްބަރު މަހުގެ ތެރޭގައި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން، ރާއްޖޭގެ ކަނޑުގެ ސަރަހައްދު ތެރެއިން ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި އިރާން ބޯޓުގެ މައްސަލައާ ގުޅުން އޮތް ފަރާތެކެވެ.

މަސްތުވާތަކެތި ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު ކަމުގެ ތުހުމަތުގައި ހިފެހެއްޓި އިރާން ބޯޓުން ހައްޔަރުކުރި ހަތް މީހުންނާއި ޖާމިނު ވެފައިވަނީ ޝަހީބެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ