ށ.ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔަ ކުޅުދުއްފުށީ މީހާ ކޯވިޑް-19 އިން ރަނގަޅުވުމާއި ގުޅިގެން ދޫކޮށްލައިފިއެވެ. މި މީހާ ފަރުވާ ދިނުމަށްފަހު ދޫކޮށްލާފައިވަނީ މިއަދު މެންދުރުގެ ވަގުތެށްގައެވެ.
ފުނަދޫ ކޯވިޑް ފެސިލިޓީގައި ފަރުވާދެމުންދިޔައީ ހދ. ކުޅުދުއްފުށިން ކޯވިޑް-19އަށް ޕޮޒިޓިވްވި 75 އަހަރުގެ މީހެކެވެ. މި މީހާ ފުނަދޫއަށް ގެންގޮސްފައިވަނީ މިމަހުގެ 18 ވަނަ ދުވަހުގެ ރޭގައެވެ.
ށ. ފުނަދޫ ކޯވިޑް ފެސިލިޓީއަކީ ޒޯން 1ގެ ރަށްތަކަށް ޚާއްސަކޮށްފައިވާ ކޯވިޑް ފެސިލިޓީއެވެ. މި ފެސިލިޓީގައި އައިސީޔޫ 20 އެނދާއި އައިސޮލޭޝަން 37 އެނދު ހުރެއެވެ.
މިހާތަނަށް އައިރު ފުނަދޫ ކޯވިޑް ފެސިލީޓިން ވަނީ ކޯވިޑް-19 ޖެހުނު 4 މީހަކަށް ފަރުވާދީފައެވެ. މި މިހާ ދޫކޮށްލުމުން އެ ފެސިލިޓީން ފަރުވާދިން މީހުންގެ އަދަދު 5 އެރީއެވެ.