ހަނިމާދޫ ކަނބަލުންގެ ވޮލީކޯޓަށް ގެއްލުން ދީފި

ހަނިމާދޫ ޚަބަރު ފަހުގެ

ހަނިމާދޫ ޒުވާނުން މަރުކަރުގެ ގޯތިތެރޭގައި ހަދާފައިވާ، ވޮލީ ކޯޓަކަށް ގެއްލުންދީފިއެވެ. އެގޮތުން ރޭގެ ވަގުތެއްގައި އެކޯޓުގެ ނެޓު ވަނީ ބަޔަކު ކޮށައިލައިފައެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި އެ ކޯޓުގައި ބޭނުންކުރަމުންދާ ނެޓަކީ އެތަނަށް ކުޅެންދާ ކުދިންގެ އަމިއްލަ ނެޓެކެވެ.

އެކޯޓަށް ކުޅެންގޮސް އުޅޭ ކަނބަލަކު ގޮށްކޮޅަށް މައުލޫމާތު ހިއްސާކުރަމުން ބުނީ ރޭނގަައި ކުޅުން ނިންމާލިއިރުވެސް ނެޓު ރަނގަޅުކަމަށާއި ކުޅުން ނިންމާލީ ގާތްގަނޑަކަށް 11 ޖަހާއިރުކަމަށެވެ. އަދި ގެއްލުންދީފައި ހުއްޓައި ފެނިފައިވަނީ މިއަދުގެ ހެނދުނު ކަމަށެވެ. އެހެންކަމުން ނެޓަށް ގެއްލުންދީފައި އެވަނީ ރޭގެ ވަގުތެއްގައި ކަމަށް ބެލެވޭކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

“އަހުރެމެން ކުޅެންދާ ކުދިން ވެގެން ނެޓު ހޯދައިގެން ވޮލީ ގައި ކުރިޔަށްދާން ބޭނުންވާތީ ކުޅެންފެށީ، ފަހަރުގައި ވެދާނެ ކުޅޭތީ ހިތްހަމަ ނުޖެހެނީ ކަމަށްވެސް، އިރާދަކުރެއްވިއްޔާ މިހެން އަދި ނެޓު ކޮށާލިއަސް މިހިތްވަރަކާއި އަޒުމެއް ނުގުނޑާނެ، ދާނީ ކުރިޔަށް” އެ ކޯޓަށް ކުޅެންދާ ކުޅުންތެރިޔަކު ބުންޔެވެ.

މުދަލަށް ގެއްލުން ދިނުމަކީ ޤާނޫނީ ގޮތުން އަދަބު ކަނޑައެޅިފައިވާ ކަމެކެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ