ބަޑި ބުރާސްފަތި : ޝަހީދު އަބްދުއްރަހްމާން އާދަމް

އަރކައިވް މީހުން ފަހުގެ

މ.ޑްރީމްލައިޓް ޝަހީދު އަބްދުއްރަހްމާން އާދަމް އަކީ 1988 ނޮވެމްބަރު 3 ވަނަ ދުވަހު ދުޝްމިނުން ސިފައިންގެ މައި މަރުކަޒަށް ހަމަލާދޭން ފެށިއިރު މަސްޖިދުލްސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒަމް (އިސްލާމީ މަރުކަޒު) ގައި ފަތިސް ނަމާދަށް ގޮސްހުރި އެމިސްކިތުގެ އިމާމެވެ.

oznorWO

އިސްލާމީ މަރުކަޒުގެ ސަރަހައްދުގައި ދުޝްމިނުން ހަރަކާތްތެރިވަމުންދާތީ ފަތިސް ނަމާދު ކުރައްވައިގެން މިސްކިތުން ނުފޭބިފައި އިސްލާމީ މަރުކަޒު ތެރޭގައި ގިނައިރުތަކެއް ވަންދެން އިންނަވަން ޖެހިވަޑައިގަތެވެ.

އިޝްތިހާރު
އިޝްތިހާރު

އެގޮތަށް އިންނެވުމަށްފަހު އެދުވަހު ހަވީރު އިސްލާމީ މަރުކަޒުން ނިކުންނެވި ވަގުތު ދުޝްމިނުން ބަޑިން ބިރުދައްކާ ރަހީނުކޮށް ދުޝްމިނުން މާލެ ދޫކޮށް ފިލަން މަސައްކަތްކުރިއިރު ހައިޖެކްކުރި އެމްވީ ޕްރޮގްރެސް ލައިޓްގައި ގެންދިޔަ އެވެ.

ޝަހީދު އަބްދުއްރަހްމާން އާދަމްއަކީ ޝަހީދުވީ ޕްރޮގްރެސް ލައިޓްގައި ދުޝްމިނުން ރަހީނުކޮށްގެން ގެންދިޔަ މީހުންނާއެކު ޓެރޮރިސްޓުން ފިލަން ދަތުރުކުރަމުން ދަނިކޮށް، ރަހީނުން ސަލާމަތްކުރުމަށްޓަކައި ޕްރޮގްރެސް ލައިޓް ހުއްޓުމަށް ތަކުރާރުކޮށް އިންޒާރުދިނުމުން ވެސް މަޑުނުކޮށް ރަހީނުންނާއި އެކު ފިލަން ދުވާތީ އެބޯޓު ހުއްޓުވުމަށްޓަކައި އިންޑިއާގެ މަނަވަރު އައިއެންއެސް ގޯދާވަރީން ޕްރޮގްރެސް ލައިޓްއަށްދިން ހަމަލާ ތެރޭގައި ޕްރޮގްރެސް ލައިޓްގައި އެވެ.

ނޮވެމްބަރު 6 ވަނަ ދުވަހު އެވެ. ޝަހީދު އަލްމަރްހޫމް އަބްދުއްރަހްމާން އާދަމް ޝަހީދުވީ 1988 ނޮވެމްބަރު 6 ވަނަ ދުވަހު އެވެ.

ޝަހީދު އަބްދުއްރަހްމާން އާދަމް ޝަހީދުވިއިރު އުމުރުފުޅަކީ 53 އަހަރެވެ. ޝަހީދުވިއިރު 12 ކުދިންނާއި އަންބަކު ދުނިޔޭގައި އިންނެވި އެވެ.

މައުލޫމާތު: އެމްއެންޑީއެފްއިން ނެރުނު 3 ނޮވެމްބަރު ފޮތުން

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ