ކޮވިޑް-19: އިތުރު ދިވެއްސަކު ނިޔާވެ އަދަދު 44 އަށް

ޚަބަރު ފަހުގެ

ކޮވިޑް19 ޖެހިގެން އަނެއްކާވެސް މީހަކު ނިޔާވެއްޖެ އެވެ.ހެލްތު ޕްރޮޓެކްޝަން އެޖެންސީން ބުނީ ރޭ ނިޔާވީ 52 އަހަރުގެ ދިވެހި ފިރިހެނެއް ކަމަށެވެ.

އެޗްޕީއޭ އިން ބުނީ އެމީހާ ނިޔާވެފައި ވަނީ ހުޅުމާލޭ މެޑިކަލް ފެސިލިޓީގެ އައިސީޔޫގައި ފަރުވާދެމުން ދަނިކޮށް ރޭ 11:32 ގައި ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

އެއީ ކޮވިޑް ޖެހިގެން ރާއްޖެއިން ނިޔާވި 44 ވަނަ މީހާ އެވެ. އަދި ހަފްތާއެއްގެ ތެރޭގައި ނިޔާވި ހަތަރު ވަނަ މީހާ އެވެ.

އިއްޔެ ރާއްޖެއިން 50 މީހަކު ވަނީ ކޮވިޑް 19 އަށް ޕޮޒިޓިވްވެފަ އެވެ. އެއީ ހަފްތާއެއްގެ ތެރޭގައި ދުވާލަކަށް ޕޮޒިޓިވްވި މީހުންގެ އަދަދަށް ބަލާއިރު އިތުރުވުމެކެވެ. މިދިޔަ ހަފްތާގައި ދުވާލެއްގެ މައްޗަށް ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅުނީ 30 އިން ދަށުގަ އެވެ.

މިޙާރު ކޮވިޑަށް ޕޮޒިޓިވްވީ މީހުންގެ އަދަދު އުޅެނީ 12،204 ގަ އެވެ. އޭގެ ތެރެއިން 865 މީހަކަށް ދަނީ ފަރުވާދެމުންނެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ