ލޯކަލް ކައުންސިލް އިންތިހާބު މާޗު 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަނީ

ޚަބަރު ފަހުގެ ސިޔާސީ

ކޮވިޑް-19 އާ ގުޅިގެން އަންނަ އަހަރަށް ލަސްކޮށްފައިވާ ލޯކަލް ކައުންސިލްތަކުގެ އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބު އަންނަ އަހަރުގެ މާޗު މަހުގެ 6 ވަނަ ދުވަހު ބޭއްވުމަށް ތައްޔާރުވަމުން އަންނަ ކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ) އިން ބުނެފި އެވެ.

ލާމަރުކަޒީ ގާނޫނަށް ގެނައި އިސްލާހުތަކާއެކު ބާއްވާ ފުރަތަމަ ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީގެ އިންތިހާބު ތާވަލުކޮށްފައި އޮތީ މިއަހަރުގެ އޭޕްރިލް މަހު ބާއްވާ ގޮތަށެވެ. ނަމަވެސް ކޮވިޑް-19ގެ ހާލަތުގައި އިންތިހާބު ބޭއްވޭނެ މާހައުލެއް ނެތުމުން ރައްޔިތުންގެ މަޖިލީހުން ވަނީ ބިލެއް ފާސްކޮށް ލޯކަލް އިންތިހާބު އަންނަ އަހަރަށް ފަސްކުރިއެވެ.

އިޝްތިހާރު
އިޝްތިހާރު

ރާއްޖެޓީވީގެ ރޭގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް އަހްމަދު ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނެ ތާރީހު ކަނޑައެޅުން ހާއްސަ ގާނޫނުން ލާޒިމްކުރަނީ، ކޮވިޑާ ގުޅިގެން އިއުލާނުކޮށްފައިވާ އާންމު ސިއްހަތުގެ ކުއްލި ނުރައްކަލުގެ ހާލަތު ނިމުމަކަށް އައިސްފައިވާ ކަމަށް ސަރުކާރުން އިއުލާނުކުރާތާ ހަތް ދުވަހުގެ ތެރޭގައި ކަމަށެވެ.

ރާއްޖެޓީވީގެ ރޭގެ “ފަލަ ސުރުހީ” ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ޝަރީފް އިތުރަށް ވިދާޅުވީ އިންތިހާބުގެ ކަންކަމަކީ ކުއްލިއަކަށް ނިންމޭ ކަންކަމެއް ނޫންކަމަށެވެ. ނަމަވެސް ލޯކަލް ކައުންސިލް އިންތިހާބު ބާއްވާނެ ވަކި ތާރީހެއް ޝެޑިއުލް ކުރެވި ތައްޔާރުވަމުން އަންނަ ކަމަށް ޝަރީފް ވިދާޅުވިއެވެ. އެގޮތުން މާޗް މަހުގެ ފުރަތަމަ ހަފުތާގެ ހޮނިހިރު ދުވަހު އިންތިހާބު ބާއްވަން ޝެޑިއުލް ކުރެވިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. މާޗް މަހުގެ ފުރަތަމަ ހަފްތާގެ ހޮނިހިރު ދުވަހަކީ އަންނަ އަހަރުގެ މާޗު މަހުގެ ހަ ވަނަ ދުވަހެވެ.

ޝަރީފް ވިދާޅުވީ ވަކި ތާރީހެއްގައި އިންތިހާބު ބާއްވަން މިހާރު ޝެޑިއުލް ކުރެވުނު ނަމަވެސް އިންތިހާބު ބާއްވާނެ ތާރީހު ފަސްވުމަކީ ވެސް އެކަށީގެންވާ ކަމެއް ކަމަށެވެ. އަދި ތާރީހު ކަނޑައެޅުމުގައި ވަރަށް ގިނަ ކަންކަމަށް ބަލާފައިވާނެ ކަމަށާއި އެގޮތުން ހާއްސަ ގާނޫނު ތަސްދީގުކުރާތާ އެއް އަހަރު ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވަން ޖެހޭ ކަމަށްވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ. އެހެންކަމުން އަންނަ މެއި މަހުގެ ކުރިން ކައުންސިލް އިންތިހާބު ބާއްވަން ޖެހޭނެ ކަމަށް ޝަރީފް ވިދާޅުވިއެވެ.

މީގެ އިތުރުން ޝަރީފް ވިދާޅުވީ އިންތިހާބު ބާއްވާނީ، ކެންޑިޑޭޓުންނަށް ކެމްޕޭނު ކުރުމަށް ގާނޫނުން ދިނުން ލާޒިމުކުރާ މުއްދަތު ދިނުމަށްފަހުގައި ކަމަށެވެ.

ކޮވިޑް-19 އާ ގުޅިގެން، މިއަހަރުގެ އޭޕްރީލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވަން ނިންމާ ތާވަލްކުރި ލޯކަލް ކައުންސިލް އިންތިހާބުގައި ރަށު ކައުންސިލާއި އަތޮޅު ކައުންސިލު އަދި ސިޓީ ކައުންސިލް ހިމެނޭ ގޮތަށް 980 ކައުންސިލަރުން އިންތިހާބު ކުރާނެ އެވެ. އެ މަގާމުތަކަށް ޖުމްލަ 2،400 ކެންޑިޑޭޓުން ކުރިމަތިލާފައިވެއެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ