އުޅަނދު ފަހަރު ގަތުމަށް ބީއެމްއެލްއިން ދޫކުރާ ލޯނަށް ހެޔޮ ބަދަލުތަކެއް!

ޚަބަރު ފަހުގެ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ދޫކުރާ ވެހިކަލް ލޯން އަދި ފައިނޭންސިންގެ އިންޓްރެސްޓް ރޭޓާއި ޕްރޮފިޓް ރޭޓަށް ހެޔޮ ބަދަލުތަކެއް ގެނެސްފި އެވެ.

ބީއެމްއެލްއިން ބުނީ މިއަދުން ފެށިގެން ގެންނަ މި ބަދަލާއި އެކު ކަސްޓަމަރުންނަށް 500،000 ރުފިޔާއާ ހަމަޔަށް 15 ޕަސެންޓު އިންޓްރެސްޓް ރޭޓުގައި ލޯނު ނެގޭނެ ކަމަށެވެ. އަދި ގަންނަ އުޅަނދަކީ ތިމާވެއްޓާއި ރައްޓެހި އިލެކްޓްރިކް އުޅަނދެއް ނަމަ އިންޓްރެސްޓް ރޭޓު12 ޕަސެންޓަށް ކުޑަވާނެ ކަމަށް ބުނެ އެވެ.

އިޝްތިހާރު
އިޝްތިހާރު

މި ލޯނުގެ އިންޓްރެސްޓް ދަށް ކުރުމުން އުޅަނދު ގަންނައިރު މަހަކަށް ދައްކަންޖެހޭ އަދަދު ވަރަށް ކުޑަވާނެ ކަމަށް ބީއެމްއެލްއިން ބުނެ އެވެ. މިއީ އެއްވެސް ރަހުނަކައި ނުލާ ދޫކުރާ ލޯނަކަށް ވާއިރު ލޯނު އަނބުރާ ދެއްކުމަށް ފަސް އަހަރުގެ މުއްދަތެއް ލިބޭނެ އެވެ.

ބީއެމްއެލް ވެހިކަލް ލޯން ކުރިން ދޫކުރަމުން އައީ ބޭންކުގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތައް މެދުވެރިކޮށް އުޅަނދު ގަތުމަށެވެ. ނަމަވެސް މިއަދުން ފެށިގެން ރާއްޖޭގެ ކޮންމެ ވިޔަފާރިއެއް މެދުވެރިކޮށްވެސް އުޅަނދު ގަތުމުގެ ފުރުސަތު ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށް އެބޭންކުން ބުނެ އެވެ

މި ބަދަލާ ގުޅޭގޮތުން ވާހަކަދައްކަވަމުން ބީއެމްއެލްގެ ޑައިރެކްޓާ އޮފް ރީޓެއިލް އެންޑް އެސްއެމްއީ ބޭންކިން މޫސާ ނިމާލް ވިދާޅުވީ މުޅި މާކެޓްގައި ކަސްޓަމަރުންނަށް އުޅަނދުގަތުމަށް އެންމެ އަގު ހެޔޮ އަދި ފަސޭހަ ގޮތްތަކެއް ލިބިގެންދާނީ ބީއެމްއެލްެ މި ލޯނުން ކަމަށެވެ. އަދި މުޅި އުޅަނދަކީ އިލެކްޓްރިކް އުޅަނދުތަކުގެ އިންޓްރެސްޓު ރޭޓޫ 12 ޕަސެންޓަށް ދަށްކުރުމުން ރާއްޖޭގައި ތިމާވެއްޓާ ރައްޓެހި އުޅަނދު ބޭނުންކުރުން އިތުރުވުމަށް ބާރުއެޅިގެންދާނެ ކަމަށެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ