ފުނަދޫ ކައުންސިލް ފުޓްސަލް މުބާރާތުގެ ގުރުއަތުލައިފި

ކުޅިވަރު ފަހުގެ

ފުނަދޫ ކައުންސިލް ކަޕް (އިންޓަރ އޮފީސް ފުޓްސަލް މުބާރާތް 2020) ގެ ގުރުއަތުލުން މިރޭ ފުނަދޫ ފުޓްސަލް ދަނޑުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި ކުރިޔަށް ގެންގޮސްފިއެވެ.
މި މުބާރާތަކީ ފުނަދޫ ކައުންސިލްގެ ފަރާތުން 2012 ވަނަ އަހަރުންފެށިގެން އިންތިޒާމްކޮށްގެން ބާއްވަމުން އަންނަ މުބާރާތެކެވެ. މިއީ މިމުބާރާތް ބާއްވާ 8 ވަނަ އަހަރެވެ.

މި މުބާރާތުގެ ގުރުއަތުނަގައި ދެއްވީ އަލީ އިބުރާހިމް އަދި މުހައްމަދު ނާޒިމް އެވެ. ފުނަދޫގައި އަންހެން ފުޓްސަލްގެ ފޯރިގަދަވަމުންއަންނަ މިދަނޑިވަޅުގައި މިއަހަރު މުޅިންއަލަށް އަންހެން ޑިވިޒަން ތައާރަފްކޮށްފައިވުމާއިއެކު އަންހެން ފަސްޓީމާއި ފިރިހެން ހަޓީމާއިއެކު މުޅިޖުމްލަ 11 ޓީމް މިމުބާރާތުގައި ވާދަކުރެއެވެ.

އިޝްތިހާރު
އިޝްތިހާރު

އަންހެން ޑިވިޒަންގައި ވާދަކުރާ ޓީމްތަކަކީ ޕޮލިސް ލޭޑީޒް، އެއާރޕޯރޓް، ފުނަފަތި (އަތޮޅު ކައުންސިލް އެސް އާރ ސީ)، ހޮސްޕިޓަލް، މަގޭ ސާފު ފުނަދޫ (ފުނަދޫ ކައުންސިލް) އަދި ފިރިހެން ޑިވިޒަންގައި ވާދަކުރާ ޓީމްތަކަކީ ޕޮލިސް ފެމިލީ، ޕޮލިސް ޔުނައިޓެޑް އެފްސީ، ހޮސްޕިޓަލް، ކޮަމިއުނިޓީ ޕަވާހައުސް (ސީ ޕީ އެޗް)، ދުވެލި (އަތޮޅު ކައުންސިލް އެސް އާރ ސީ) އަދި ފެނަކައެވެ. މިހަފްލާގައި ވަނީ ހުރިހާ ޓީމް ތަކުގެ ޖާޒީ ރަސްމީކޮށް ދައްކާލާފައެވެ.

މިރޭގެ ރަސްމިއްޔާތު ނިންމާލީ ފުނަދޫ ކައުންސިލްގެ ވެބްސައިޓް އިފްތިތާހު ކުރުމަށްފަހުއެވެ. އެ ސައިޓް އިފުތިތާހު ކޮށްދެއްވީ ށ. އަތޮޅު ކައުންސިލް ގެ ރައީސް މުޙައްމަދު އާރިފެވެ.

ފޮޓޯ : ފުނަދޫ ކައުންސިލް ވެބްސައިޓް

އިޝްތިހާރު ޖެއްސެވުމަށް ގުޅުއްވާ

ޚިޔާލު ފާޅުކުރައްވާ