ގެއްލިގެން ހޯދަމުން ދިޔަ މީހާ ގެއަށް އަތުވެއްޖެ

ޚަބަރު ފަހުގެ

ގެއްލިގެން ހޯދަމުންދިޔަ މީހާ ފެނިއްޖެ އެވެ. ގެއްލިގެން ހޯދަމުން ދިޔައީ ބ. މާޅޮސް، ކީސްފިލާ އުމުރުން 30 އަހަރުގެ އަބްދުﷲ މުއާޒެވެ. ފުލުހުން ބުނީ މި މަހުގެ 17 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި މާލޭގައި އޭނާ ދިރިއުޅޭ ގެއިން ނުކުމެގެން ދިޔަގޮތަށް ވީނުވީއެއް ނޭނގި ގެއްލިގެން އާއިލާގެ ފަރާތުން ފުލުހުންނަށް ރިޕޯޓް ކޮށްފައިވަނީ މިއަދު 3:45 ގައެވެ.

ނަމަވެސް ދެންމެ ފުލުހުން ކުރި ޓްވީޓެއްގައި ބުނީ ދާދި ދެންމެއަކު އޭނާ އަމިއްލައަށް ގެއަށް އައިސްފައިވާކަމުގެ މައުލޫމާތު އާއިލާއިން ހިއްސާކޮށްފައިވާ ކަމަަށެވެ.

އިޝްތިހާރު
އިޝްތިހާރު

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ