މިލާނަށް އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް

ކުޅިވަރު ފަހުގެ

ފިއޮރެންޓީނާ ބަލިކޮށް އިޓާލިއަން ލީގުގެ އެއްވަނައިގައި އޭސީ މިލާނުން ފަސް ޕޮއިންޓުގެ ލީޑެއް ނަގައިފައެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން މިލާން މޮޅުވީ 2-0 ގެ ނަތީޖާއަކުންނެވެ.

އިޝްތިހާރު
އިޝްތިހާރު

އާދީއްތަ ދުވަހުގެރޭ ކުޅުނު މި މެޗުގައި އަނިޔާގެ ސަބަބުން މިލާނުގެ އިތުބާރު ފޯވާޑް ޒްލަޓާން އިބްރަހިމޮވިޗް ކުޅެފައެއް ނުވެއެވެ. އެކަމަކު މި މެޗުގައި މިލާނުން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގައި އެ ޓީމުން ދެ ލަނޑުވެސް ޖެހީ ފުރަތަމަ ހާފުގައެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި މިލާނަށް ލީޑު ނަގައިދިނީ ކެޕްޓަން އަލެސިއޯ ރޮމަނޮލީއެވެ. އަދި އޭގެ ފަހުން މެޗުގެ 27 ވަނަ މިނެޓުގައި ލިބުނު ޕެނަލްޓީއަކުން މިލާނަށް ލީޑު ފުޅާކޮށްދިނީ ފްރޭންކް ކެސިއޭއެވެ. މިއީ އޭރިއާ ތެރެއިން މިލާނުގެ އެލެކްސިސް ސައެލެމައެކާސްއަށް ކުރި ފައުލަކަށް ރެފުރީ ދިން ޕެނަލްޓީއެކެވެ.

އަދި ފުރަތަމަ ހާފު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް މިލާނަށް އިތުރު ޕެނަލްޓީއެއް ލިބުނު ނަމަވެސް، ކެސިއޭ ފޮނުވާލި ދެވަނަ ޕެނަލްޓީ ފިއޮރެންޓީނާގެ ގޯލްކީޕަރު ވަނީ މަތަކޮށްފައެވެ.

މި މެޗުން މޮޅުވެ މޮޅުވެ ތާވަލުގެ އެއްވަނައިގައި ފަސް ޕޮއިންޓުގެ ލީޑެއް މިލާނުން ނެގިއިރު، ކުޅުނު ނުވަ މެޗުން އެ ޓީމަށް ލިބިފައިވަނީ 23 ޕޮއިންޓެވެ. ދެވަނައިގައި އޮތް ވާދަވެރި އިންޓަ މިލާނާއި ތިންވަނައިގައި އޮތް ސަސުއޯލޯއަށް ނުވަ މެޗުން ލިބިފައިވަނީ 18 ޕޮއިންޓެވެ.

މީގެ އިތުރުން ލީގުގައި އާދީއްތަ ދުވަހުގެރޭ ނާޕޮލީން ވަނީ 4-0 ން ރޯމާ އަތުން މޮޅުވެފައެވެ. މި މޮޅާއެކު ނާޕޮލީ ވަނީ ނުވަ މެޗުން 17 ޕޮއިންޓް ހަމަކޮށް ތާވަލުގެ ފަސްވަނައަށް އަރާފައެވެ. ރޯމާ އޮތީ އެ އަދަދަށް ޕޮއިންޓް ހޯދައިގެން ހަވަނައިގައެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ