ހދ.ހަނިމާދޫ ގައި ހަރަކާތްތެރިވާ ކުލަބެއް ކަމުގައިވާ ސާއްބަ އެކުވެރި ކްލަބް ގެ ފަރާތުން އިންތިޒާމުކުރާ “ސާއްބަ އަހަރީ ކަޕް” ގައި ބައިވެރި ވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ. މިއީ އެކުލަބުގެ ފަރާތުން ކޮންމެ ދެއަހަރަކުން އެއް އަހަރު ކުރިޔަށް ގެންދާ މުބާރާތެކެވެ.
މިއަދު އެ ކްލަބްގެ ފަރާތުން ނެރެފައިވާ އިއުލާން ގައި ބުނެފައި ވަނީ މިއަހަރުގެ ސާއްބަ އަހަރީ ކަޕް ގައި ބައިވެރި ވުމަށް ބޭނުންވާ ޓީމްތައް މިމަހުގެ 8 ވަނަދުވަހު 18:00 ގެ ކުރިން އެކަމަށް ހާއްސަކުރެވިފައިވާ ފޯމު ފުރުމަށްފަހު ހުށަހެޅުމަށެވެ. މިގޮތުން ފޯމު އަދި މުބާރާތުގެ ގަވައިދު ހޯދުމަށް 9932529 އަށް ގުޅުއްވައިގެން ކުރިޔަށް ގެންދިއުމަށް ވެސް ވަނީ ބުނެފައެވެ.
މުބާރާތް މި މަހުގެ 15 ވަނަ ދުވަހު ފަށާއިރު، ބައިވެރިވާ ކޮންމެ ޓީމެއްގެ އަތުން 2000 ރުފިޔާގެ ފީއެށް ނަގާނެއެވެ. މި މުބާރާތުގައި ބައިވެރި ވެވޭނީ ހަނިމާދޫ ރައްޔިތުންގެ އިތުރުން ހަނިމާދޫގައި ވަޒީފާ އަދާކުރާ އުމުރުން 15 އަހަރުން މަތީ ފިރިހެން ވެރިންނަށެވެ. ކޮންމެ ޓީމެއްގައިވެސް 21 އަހަރުން ދަށުގެ 3 ކުޅުންތެރިން ހިމަނަން ޖެހޭއިރު ރަށުންބޭރު 3 ކުޅުންތެރިން ހިމެނޭނެއެވެ. އެ ކުޅުންތެރިން ނިސްބަތް ވާން ޖެހެނީ ހއ ނުވަތަ ހދ ގެ ރައްޔިތަކަށެވެ.
“6 ޓީމަށްވުރެށް ބައިވެރިވާ ޓީމްތައް މަދުނަމަ މުބާރާތް ކުޅުމަށް ހަމަޖެހިފައިވަނީ ލީގު އުސްލޫން. އެއަށްވުރެ ޓީމް ގިނަނަމަ ގުރޫޕު އުސޫލުން މުބާރަތް ކުރިޔަށް ގެންދަން މި ވިސްނަނީ” ސާއްބަ އޮފިސަލަކު ވިދާޅުވިއެވެ.
މިމުބާރާތުގައި ހޮވުމަށް ހަމަޖެހިފައިވާ ވަނަތަކަކީ
- ޗެމްޕިއަން ޓީމް
- ރަނަރ-އަޕް ޓީމް
- ކުޅިވަރުގެ ރޫހާއި އެއްގޮތަށް އެންމެ މޮޅަށް ކުޅުނު ޓީމް
- ކުޅިވަރުގެ ރޫހާއި އެއްގޮތަށް އެންމެމޮޅަށް ކުޅުނު ކުޅުންތެރިޔާ
- އެންމެގިނަ ގޯލް ޖެހި ކުޅުންތެރިޔާ
- އެންމެމޮޅު ގޯލްކީޕަރ
- އެންމެމޮޅު މިޑްފީލްޑް ކުޅުންތެރިޔާ
- އެންމެމޮޅު ފޯވާޑް ގުޅުން ތެރިޔާ
- އެންމެމޮޅު ޑިފެންސް ކުޅުންތެރިޔާ
ސާއްބަ އަހަރީ ކަޕް ކުޅެފައި ވަނީ 2009 ، 2011، 2013، 2015، 2018 މިއަހަރު ތަކުގައެވެ. ސާއްބަ އެކުވެރި ކްލަބް ވުޖޫދަށް އައިސްފައި ވަނީ 2007 ޑިސެންބަރ 12 ވަނަ ދުވަހުއެވެ.