މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން މަސްރޭހެއް ކުރިއަށް ގެންދަން ނިންމައިފި

ހަނިމާދޫ ޚަބަރު ފަހުގެ

މި އަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަ ކުރުމަށް ހަނިމާދޫ ކައުންސިލްގެ ފަރާތުން މަސްރޭހެއް ކުރިއަށް ގެންދަން ނިންމައިފިއެވެ. މިއީ ހަނިމާދޫގެ ދެޖިންސަށް ހުޅުވާލައިގެން ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވާ މަސްރޭހެކެވެ.

މި މަސްރޭސް ކުރިއަށް ގެންދާނީ މަސްވެރިންގެ ދުވަހުގެ ގޮތުގައި ފާހަގަކުރާ 10 ޑިސެންބަރު ދުވަހު އާއި 11 ޑިސެންބަރ 2020 ވާ ހުކުރު ދުވަހުއެވެ. މި ގޮތުން 10 ވަނަ ދުވަސް ހާއްސައީ ކަނބަލުންނަށެވެ. 11 ވަނަ ދުވަސް ފިރިހެން ބޭފުޅުންނަށެވެ.

އިޝްތިހާރު
އިޝްތިހާރު

މަސްރޭހުގައި ބައިވެރިވުމަށް އެކަމަށް ހާއްސަ ކުރެވިފައިވާ ފޯމް ފުރުމަށްފަހު، 8 ޑިސެންބަރ 2020 ވާ އަންގާރަ ދުވަހު 14:00 ގެ ކުރިން ހަނިމާދޫ ކައުސިލްއަށް ހުށައަޅަން ޖެހެއެވެ.

މި މުބާރަތުގައި ވަނަތައް ހޮވާނީ ދެ ޖިންސު ވަކިންނެވެ. އެގޮތުން ހޮވާނީ:

  • އެންމެ ބޮޑު މަސް ބޭނި ބައިވެރިޔާ
  • އެންމެ ގިނައިން މަސް ބޭނި ބައިވެރިޔާ
  • 1 ވަނަ 2 ވަނަ 3 ވަނަ ޓީމް

މިއީ ހަނިމާދޫ ކައުންސިލްގެ ފަރާތުން މިފަދަ ގޮތަކަށް މަސްރޭހެއް އިންތިޒާމްކޮށް ހިންގާ ފުރަތަމަ ފަހަރެވެ.

އިޝްތިހާރު
އިޝްތިހާރު

ޚިޔާލު ފާޅުކުރައްވާ